27 Aug 2018, 14:58
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކްރިތީ ސެނަން ލީޑު ރޯލުން ފެނިގެންދާނެ ފިލްމު "އަރްޖުން ޕަޓިއާލާ" ރިލީޒްކުރުން ފަސްކޮށްފި ކަމަށް އެ ފިލްމުގެ ޓީމުން ބުނެފި އެވެ.
ރޯހިދު ޖުގްރާޖް ޑައިރެކްޓްކޮށްފައިވާ އެ ފިލްމު ކުރިން އަޅުވާ ގޮތަށް ހަމަޖެހިފައި އޮތީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ފިލްމު ވަނީ އަންނަ އަހަރު ރިލީޒްކުރާ ގޮތަށް ފަސްކޮށްފަ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ފިލްމު ރިލީޒްކުރުން ލަސްކުރީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ "ސްޓްރީ" އަންނަ މަހުގެ 31 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖައްސާފައި އޮތުމުން ދެ ފިލްމު އެއް ދަނޑިވަޅެއްގައި އަޅުވަން ބޭނުންނުވާތީ ކަމަށެވެ.
ކްރިތީގެ ވަރަށް ހާއްސަ އައިޓަމް ލަވައެއް "ސްޓްރީ"ގައި ވެސް ވަނީ ހިމަނައިފަ އެވެ. އެ ލަވަ އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
"އަރްޖުން ޕަޓިއާލާ" އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ފިލްމުގެ ކޯ ޕްރޮޑިއުސަރެއް ކަމަށްވާ ބުޝަން ކުމާރު ބުނީ، އެ ފިލްމު ވާނީ ބެލުންތެރިން ހެއްވަލާނެ ފިލްމަކަށް ކަމަށެވެ.
އެ ފިލްމުގައި ކްރިތީ ފެނިގެންދާނީ ނޫސްވެރިއެއްގެ ރޯލުންނެވެ. ކްރިތީއާ އެކު ބަތަލުގެ ރޯލުން އެ ފިލްމުގައި ފެނިގެންދާނީ ރޯހިދު ޖުގުރާޖެވެ. އޭގެ އިތުރުން ފިލްމުގައި ވަރުން ޝަރުމާ ވެސް ފެނިގެންދާނެ އެވެ.