27 Aug 2018, 13:49
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން، އޯގަސްޓް 31 ވާ ހުކުރު ދުވަހުގެ ރޭ އޮންނާނެއެވެ.
މަޓާޓޯއިން ބުނި ގޮތުގައި، ގެސްޓްހައުސް އެޑިޝަނުގެ އެވޯޑު ދިނުމުގެ ހަފްލާ އޮންނާނީ ހުކުރު ދުވަހުގެ ރޭ، ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.
ހުކުރު ދުވަހުގެ ރޭ ދޭ އެވޯޑުތަކަށް، ރާއްޖޭގެ 60 އެއްހާ ގެސްޓްހައުސް ކުރިމަތިލާފައިވެއެވެ. މަޓާޓޯއިން ކުރިން ބުނި ގޮތުގައި 15 ކެޓަގަރީއަކުން 111 ނޮމިނޭޝަނެއް ރަޖިސްޓާކޮށްފައި ވެއެވެ.
މިދިޔަ އަހަރު މަޓާޓޯ ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަނުން ލީޑިންގް ގެސްޓްހައުސްގެ އެވޯޑު ލިބުނީ ކ. މާފުށީގެ އެރީނާ ބީޗު ހޮޓެލްއަށެވެ.
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.
ގެސްޓްހައުސް އެޑިޝަންގެ އެވޯޑް ދޭ ކެޓަގަރީތަކަކީ:
ގެސްޓްހައުސް ކެޓަގަރީތައް:
- ލީޑިންގް ގެސްޓްހައުސް
- ލީޑިންގް ފުޑް އެންޑް ބެވަރޭޖް ގެސްޓްހައުސް
- ލީޑިންގް ގެސްޓްހައުސް - ޑައިވިންގް އެންޑް ވޯޓާސްޕޯޓްސް
- ލީޑިންގް އީކޯ-ފްރެންޑްލީ ގެސްޓްހައުސް
- ލީޑިންގް ބިޒްނަސް ގެސްޓްހައުސް
- ލީޑިންގް ހެރިޓޭޖް ގެސްޓްހައުސް
- ލީޑިންގް އެޑްވެންޗާ ގެސްޓްހައުސް
- މޯސްޓް އިނޮވޭޓިވް ގެސްޓްހައުސް ކޮންސެޕްޓް
އައިލެންޑް، ބްރޭންޑް އަދި ސާވިސް ކެޓަގަރީތައް:
- ލީޑިންގް ގެސްޓްހައުސް ބްރޭންޑް
- ލީޑިންގް ޓްރާންސްޕޯޓު ސާވިސް ޕްރޮވައިޑާ
- ލީޑިންގް ގެސްޓްހައުސް އައިލެންޑް
- ލީޑިންގް ބީޗު އައިލެންޑް
މަޓާޓޯއިން ދޭ އެވޯޑުތައް:
- ލީޑިންގް ބިޒްނަސް ޑިވެލޮޕްމަންޓް ޕާޓްނާ ފޯ ދަ ގެސްޓްހައުސް އިންޑަސްޓްރީ
- ނިއު ކަމާ އޮފް ދަ އިޔާ
- މޯސްޓް ސަޕޯޓިވް ގެސްޓްހައުސް