27 Aug 2018, 09:53
ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެލިސްޓުމީހާގެ އެޑްރެހާއި ވޯޓުލާން ރެޖިސްޓްރީ ކޮށްފައިވާ ތަނުގެ މައުލޫމާތާ އެކު އިލެކްޝަންސް ކޮމިޝަނުން ޝަކުވާ އަށް ހުޅުވާލައިފި އެވެ.
އެ ލިސްޓު އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު ފުރުމަށް ފަހު އިލެކްޝަންސް އަށް ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.
"ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައި ވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އަދި މާލޭ ސިޓީގައި ނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން)ގައި 27 އޮގަސްޓް 2018 އިން 29 އޮގަސްޓް 2018 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ހަވީރު 06:00 ގެ ނިޔަލަށް،" އިލެކްޝަނުން ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.
ރާއްޖެއިން ބޭރުގައި ނަމަ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައި ވަނީ ރާއްޖެއިންބޭރު ގައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ދިވެހިރާއްޖޭގެ އެންބަސީތަކުން ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.
އެ މުއްދަތުގެ ތެރޭގަައި ޝަކުވާހުށަހެޅޭނީ ހަމައެކަނި ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތާ ގުޅޭ ގޮތުން ކަމަށް ވެސް އިލެކްޝަންސް އިން ވަނީ ބުނެފަ އެވެ.