ބަލިވެ އިން ކަމުގައި ވިޔަސް ފިލްމުކުޅުމާއި މަސައްކަތްތަކާ ދުރު ނުވާނެކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ނޭހާ ދުޕިއާ ބުނެފިއެވެ.

ނޭހާއާއި ފިރިމީހާ އަންގަދު ބޭޑީ ވަނީ، އެ ދެމަފިރިންގެ ފުރަތަމަ ދަރިއަށް ނޭހާ ބަލިވެ އިންކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.

ނޭހާއާއި އަންގަދު، ލެކްމޭ ފެޝަން ވީކް 2018 ގައި ބައިވެރިވި އިރު، ޕްރެސް ޓްރަސްޓް އޮފް އިންޑިއާއާ ވާހަކަދައްކަމުން ނޭހާ ބުނީ ބަލިވެ އިން ނަމަވެސް މަސައްކަތް ކުރުން ހުއްޓާނުލާނެ ކަމަށެވެ.

ނޭހާ އާއި އަންގަދު...

ނޭހާ އާއި އަންގަދު މިހާރު ދަނީ އެމީހުންގެ ލިބެން އުޅޭ ދަރިފުޅަށް އިންތިޒާރު ކުރަމުންނެވެ. ނޭހާ އާއި އަންގަދު ކައިވެނި ކޮށްފައިވަނީ މިދިޔަ މެއި މަހުގެ ދިހަ ވަނަ ދުވަހުއެވެ.

ދާދި ފަހުން މިދެމަފރިން ވަނީ ރާއްޖެ އައިސް ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި ރިސޯޓްގައި ޗުއްޓީ ހޭދަކޮށްފައެވެ. އަދި އެނބުރި ގައުމަށް ގޮސް މިވަނީ ނޭހާ ބަލިވެއިންކަން އިއުލާން ކޮށްފައެވެ.

ނޭހާގެ ކުރިޔަށް ހުރި ފިލްމު ތަކުގެ ތެރޭގައި އަންނަ އޮކްޓޫބަރު މަހު އަޅުވަން ތައްޔާރުވަމުން އަންނަ ކާޖޮލްގެ "ހެލިކޮޕްޓަރ އީލާ" ހިމެނެއެވެ.