ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްޅާ ޗޯޕްޅާ އަނެއްކާވެސް ޗުއްޓީ އެއް ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެއެވެ.

ތިން ދުވަހުގެ ކުޑަ ޗުއްޓީ އަކަށް ޕަރިނީތީ ރާއްޖެ އައިސް ޗުއްޓީ ހޭދަ ކުރަމުން ދަނީ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓްގަ އެވެ. މިއީ މިއަހަރު ޕަރިނީތީ ޗުއްޓީ އަށް ރާއްޖެ އައި ތިން ވަނަ ފަހަރެވެ.

ޕަރިނީތީ ދަނީ އޭނާގެ ޗުއްޓީގެ ބައެއް ފޮޓޯ އޭނާގެ އިންސްޓާ ގްރާމްގެ އެކައުންޓްގައި ހިއްސާ ކުރަމުންނެވެ.

ޕަރިނީތީ ރާއްޖެ އައީ ފިލްމެއްގެ މަސައްކަތެއް ފަށާފައެވެ. އެއީ އެކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ ފިލްމު "ޖަބަރިއާ ޖޯޅީ" ގެ މަސައްކަތެވެ.

އޭނާ ވަނީ މިދިޔަ ހަފްތާގައި ބޭއްވި ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ އެންގޭންޖްމެންޓް ހަފްލާގައި ވެސް ވަރަށް ފޯރި ނަގާފައެވެ. އަދި ޕްރިޔަންކާގެ ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ބުނެއެވެ.

މި އަހަރު ކުރިން ދެ ފަހަރެއްގައި ޕަރިނީތީ ރާއްޖެ އައިސްފައި ވާއިރު އޭނާ ފުރަތަމަ ފަހަރު ހުރީ ސަން އައިލެންޑް ރިސޯޓްގައެވެ.