ތިން މީހުންނާ އެކު ރ. އަތޮޅު އަލިފުށިން މިދިޔަ ހޮނިހިރު ދުވަހު ފަރު މަހަށްނުކުތް އެ ރަށު ޝޭޑީރައުންޑް އަލީ ހަސަންގެ "ޝޭޑީ" ދޯނީގެ ޙަބަރެއް ނުވެގެން ކޯސްޓް ގާޑުން އެދޯނި ހޯދަން މިއަދު ފަށައިފި އެވެ.

ކޯސްޓްގާޑުން ބުނީ އެ ދޯންޏާ އެންމެފުން ގުޅިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ.
ކޯސްޓްގާޑުން ބުނީ ދިގުމިނުގައި 10 މީޓަރު ހުންނަ ދޯނީގައި ހުންނާނީ ފެހި ކުލައިގެ ދަވާދުލާފައި ކަމަށެވެ.
ޝޭޑީ ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް ކޯސްޓަގާޑް ނަމްބަރު 191 ގުޅުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.