26 Aug 2018, 13:57
އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް ޔާމީނަށް ކެމްޕެއިން ކުރުމުގެ ގޮތުން "ރައީސް ޔާމީން ބޯލިންް 2018"ގެ ނަމުގައި މެލޭޝިއާގައި ބޯލިން މުބާރާތެއް ބާއްވައިފި އެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތް ބޭއްވީ އިއްޔެ، "އަމްޕަންގް ސުޕަބޯލް އެޓް ޔޫއެސްޖީ ސަމިޓް"ގަ އެވެ.

"ރައީސް ޔާމީން ބޯލިންް 2018"ގެ ނަމުގައި މެލޭޝިއާގައި ބޭއްވި ބޯލިން މުބާރާތުގެ ތެރެއިން ---
އަންހެން އަދި ފިރިހެން ޑިވިޝަނަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ކޮންމެ ޑިވިޝަނެއްގައި ނުވަ ޓީމު ބައިިވެރިވި އެވެ.
މުބާރާރުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ "ޓީމް ޓައިޓަންސް" އެވެ. އަދި "ސައިބާ ބޯއިސް" އަށް ދެވަނަ ލިބުނު އިރު ތިންވަނަ ލިބުނީ "ޓީމް އެލްސާ" އަށެވެ.
އަންހެން ޑިވިޝަނަށް ބާލާ އިރު ޗެމްޕިއަންކަން ހޯދީ "ޓީމް ރޫ" އިންނެވެ. އަދި "ފެލްކަންސް" އިން ދެވަނަ ހޯދި އިރު ތިންވަނަ ލިބުނީ "ސައިބާ ގާލްސް 4" އަށެވެ.

"ރައީސް ޔާމީން ބޯލިންް 2018"ގެ ނަމުގައި މެލޭޝިއާގައި ބޭއްވި ބޯލިން މުބާރާތުގެ ތެރެއިން ---
މުބާރާތުން އެއްވަނަ އަށް ދިޔަ ޓީމުތަކަށް ފައިސާގެ އިނާމުގެ ގޮތުގައި 1000 ރިންގިޓް ދިން އިރު ދެވަނަ ޓީމުތަކަށް ދިނީ 500 ރިންގިޓެވެ. ތިންވަނައަށް ހޮވުނު ޓީމުތަކަށް ދިނީ 250 ރިންގިޓެވެ.
އަށްޑިހަ އަށް ވުރެ ގިނަ ދިވެހި ކުޅުންތެރިން ބައިވިެރިވި އެ މުބާރާތުގެ އެކި ކަންކަމުގައި ޖުމްލަ ގާތްގަނޑަކަށް 120 ދިވެހިން ހަރަކާތްތެރިވި އެވެ.