26 Aug 2018, 15:23
ދިނޭޝް ވިޖަން ޑައިރެކްޓުކޮށް ނެރުނު ފިލްމު "ރާބްތާ"ގައި އެކުގައި މަސައްކަތްކުރަމުން ދަނިކޮށް ލޯބީގެ ގޮތުން ގުޅުނު ކާމިޔާބު ބަތަލު ސުޝާންތު ސިންހް ރާޖްޕުތާއި އޭނާގެ ލޯބިވެރިޔާ ކްރިތީ ސެނަންގެ ގުޅުމަށް ނިމުމަކަށް އައިސްފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.
ދެ ތަރިން އެއްކޮށް މިދިޔަ މަހު ސުޝާންތު ވަނީ ކްރިތީގެ އުފަންދުވަހުގެ ހަފްލާގައިވެސް ބައިވެރިވެފައެވެ. އަދި އެ ދެ ތަރިން ވަނީ ގިނަ ހަފްލާތަކުގައި އެއްކޮށް ފެނިގެން ގޮއްސައެވެ.
ބޭރުގެ ޚަބަރުތައް ބުނާގޮތުގައި ކްރިތީ، ސުޝާންތުއާ ވަކިވާން ނިންމީ، ދެ މީހުންގެ ޚިޔާލު ތަފާތުވުންތައް އިތުރުވެ، ގުޅުން ހީނަރުވާން ފެށުމުންނެވެ.
ސުޝާންތުއާއި ކްރިތީގެ ޖޯޑުން ވަނީ ގިނަ ބައެއްގެ ލޯބިވެސް ހޯދާފައެވެ.
ކްރިތީ މިހާރު ކުރަމުން އަންނަ މަސައްކަތަކީ "ލުއްކާ ޗުއްޕީ"ގެ މަސައްކަތެވެ.