26 Aug 2018, 09:06
ބޮޑު ކާސްޓެއް ފެނިގެންދާ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "މާމުއި"ގެ ޝޫޓިން ފަށައިގެން ކުރިއަށްދާއިރު އެ ފިލްމުގެ ފުރަތަމަ ލަވަ "އަރައިގެން އައި އިރާއޭ" މިވަނީ ރިލީޒްކޮށްފަ އެވެ.
ލަވައިގެ އޯޑިއޯ މިހާރު ސައުންޑްކްލައުޑް އިން އިވިގެންދާއިރު އެ ހިތްގައިމު ލަވަކިޔާފައި ވަނީ ފިލްމުގައި ވެސް މުހިއްމު ރޯލަކުން ފެނިގެންދާ އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ) އެވެ. އަދި ލަވަކިޔުންތެރިޔާ އަޝްރާ އެވެ.
އަންނަ އަހަރުގެ އޭޕްރިލް މަހުގެ އެއް ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ފުރަތަމަ އޯޑިއޯ ލަވައިގެ މެލޮޑީ އާއި ޅެން ވެސް ހަދާފައި ވަނީ އަހުމަދު (ޝާއްކޮ އައްމަޑޭ) ޝާކިރު އެވެ.
"މާމުއި" އަކީ އައިޝަތު ފުއާދު އަދި އަލީ ޝިފާއުގެ ސްކްރީން ޕްލޭ އަކަށް ތައްޔާރުކުރާ ތަފާތު ފިލްމެކެވެ.
މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ.
ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.
ފިލްމު މާމުއި އިން މި ދާއިރާ އަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް ހިމެނޭނެ އެވެ.
"މާމުއި" އަކީ ކާމިޔާބު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ ފިލްމެކެވެ.
ޑާކްރެއިން އިން އެންމެ އަވަހަށް ސްކްރީނަށް ގެންނާނެ ފިލްމަކީ އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ގެނެސްދޭ "ގޮށްރާޅު" އެވެ.