25 Aug 2018, 17:11
އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި 13 ތަނެއްގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް "ސަން" އަށް ވިދާޅުވީ އެ ތަންތަނުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ އެ ތަންތަނަށް ރީރެޖިސްޓާ ވުމަށް ދިން މުއްދަތުގައި އެކަށީގެންވާ ވަރަށް ރީރެޖިސްޓާ ކޮށްފައި ނުވުމުން ކަމަށެވެ.
އިސީއިން ވޯޓު ފޮށި ނުބަހައްޓަން ނިންމާފައި ވަނީ ނުވަ ރިސޯޓަކާއި ސިނާއީ މަސައްކަތް ކުރާ އެއް ސަރަހައްދެއްގައި އާއި އެއް އެއާޕޯޓުގައި އާއި ގައުމުން ބޭރުގެ ދެ ސަރަހައްދެއްގަ އެވެ.
ވޯޓު ފޮށި ނުބަހައްޓަން ނިންމި ރިސޯޓުތައް:
ކަނިފުށި: 6 މީހުން
- އަދާރަން ހުދުރަންފުށި: 2 މީހުން
- އަމިއްލަ ފުށި: 1 މީހުން
- ހަލަވެލި: 1 މީހުން
- އަމަރި ހަވޮއްޑާ: 1 މީހުން
- ވައްކަރު: 3 މީހުން
- ކޮކޫން މޯލްޑިވްސް: 2 މީހުން
- ކަނުހުރާ: 4 މީހުން
- ރޮބިންސަން ކްލަބު މޯލްޑިވްސް: 2 މީހުން
ވޯޓު ފޮށި ނުބަހައްޓަން ނިންމި ސިނާއީ މަސައްކަތް ކުރާ ސަރަހައްދުތައް:
ފެލިވަރު: 3 މީހުން
- ކައްދޫ އެއާޕޯޓު: 13 މީހުން
ވޯޓު ފޮށި ނުބަހައްޓަން ނިންމި ރާއްޖެއިން ބޭރުގެ ސަރަހައްދުތައް:
ސިންގަޕޫރު: 112 މީހުން
- ނިއު ދިއްލީ، އިންޑިއާ: 45 މީހުން
މި ތަންތަނަށް ޖުމްލަ ރީރެސްޓްރީ ވި މީހުންގެ އަދަދު އަރަނީ 195 އަކަށެވެ. އެ ތަންތަނުގައި ރީރެޖިސްޓްރީ ވުމަށް ހުށަހެޅި މީހުނަށް އަލުން ރީ ރެޖިސްޓްރޭޝަން ފޯމް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާނީ މި މަހުގެ 27 އިން ފެށިގެން 29 އަށް ކަމަށް އަކްރަމް ވިދާޅުވި އެވެ.
ނުވަ ރިސޯޓެއްގައި ވޯޓު ފޮށި ނުބަހައްޓަން ނިންމި ނިންމުމާއެކު މިފަހަރުގެ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާނީ 36 ރިސޯޓެއްގަ އެވެ. 2013 ބޭއްވި ރިޔާސީ އިންތިހާބުގައި 56 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިއުލާން ކުރި ނަމަވެސް ރީ ރަޖިސްޓްރޭޝަނަށްފަހު ވޯޓު ފޮށި ބަހައްޓާފައިވަނީ 42 ރިސޯޓުގައެވެ.
ސިންގަޕޫރާ ނިއު ދިއްލީގައި ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވާއިރު އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީލަންކާ އާއި މެލޭޝިޔާ އަދި އިނގިރޭސިވިލާތުގެ ލަންޑަނުގައި ވޯޓު ފޮށި ބަހައްޓާނެ އެވެ. އެގޮތުން ސްރީލަންކާގައި ދެ ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފައެވެ.
ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ރިސޯޓުތައް
ދިގަލި މޯލްޑިވްސް
އޮބްލޫ ބައި އެޓްމޮސްފިއަރ އެޓް ހެލެނގެލި
- ކަނޑިންމާ މޯލްޑިވްސް
- އަނަންތަރާ ދިގު ރިސޯޓް
- ޑަބްލިޔު ރިޓްރީޓް އެންޑް ސްޕާ މޯލްޑިވްސް
- ދަ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓު މޯލްޑިވްސް
- އޮޅުވެލި ބީޗް އެންޑް ސްޕާ މޯލްޑިވްސް
- ވަން އެންޑް އޮންލީ ރީތިރަށް
- ޖޭއޭ މަނަފަރު
- ކުރުނބާ މޯލްޑިވްސް
- ލަކްސް ސައުތު އަރިއެޓޯލް
- ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓު އެންޑް ސްޕާ
- ގިރިލަންކަންފުށި
- ހޮލިޑޭ އިން ރިސޯޓު ކަނޑޫމާ މޯލްޑިވްސް
- ހުވަފެންފުށި ރިސޯޓު އެންޑް ސްޕާ
- އަނަންތަރާ ކިހާވަށް ވިލާސް
- ވެލައްސަރު މޯލްޑިވްސް
- ކޮކޯ ބޮޑު ހިތި
- ކުޑަފުށި ރިސޯޓު އެންޑް ސްޕާ
- އެޓްމޮސްފިއަރ ކަނިފުށި މޯލެޑިވްސް
- ބަރޮސް މޯލެޑިވްސް
- ޗެވަލް ބްލޭންކް ރަންދެލި
- ކްލަބް މެޑް ކަނިފިނޮޅު
- ގްރޭންޑް ޕާކް ކޮދިއްޕަރު މޯލްޑިވްސް
- ހޮލިޑޭ އައިލެންޑް ރިސޯޓް އެންޑް ސްޕާ
- މިލައިދޫ އައިލެންޑް މޯލްޑިވްސް،
- އޯޒެން ބައި އެޓްމޮސްފިއަރ އެޓް މާދޫ
- ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ
- ނިޔަމަ މޯލްޑިވްސް،
- ކުރަމަތި އައިލެންޑް ރިސޯޓް
- ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓް
- ސަން އައިލެންޑް ރިސޯޓު އެންޑް ސްޕާ
- ބަނޑޮސް މޯލްޑިވްސް
- ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ
- ކުރެއްދޫ އައިލެންޑް ރިސޯޓް
- ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސް ރިސޯޓް
ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ގައުމުތައް
އިންގިރޭސިވިލާތް / ލަންޑަން
- ސްރީލަންކާ / ކޮލަމްބޯ ( 2 ފޮށި)
- މެލޭޝިއާ / ކުއަލަލަމްޕޫރް
- އިންޑިއާ / ޓްރިވެންޑްރަމް
ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ސިނާއީ މަސައްކަތް ކުރާ ތަންތަން
ތިލަފުށި
- ކޫއްޑޫ
- ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
- ގަން އިންޓަރނޭޝަނަލް އެއަރޕޯޓް