ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކެމްޕެއިން ދަތުރުފުޅެއްގައި ފ. އަތޮޅަށް ވަޑައިގެންފި އެވެ.

މިއަދު ހެނދުނު ރައީސް ފުރަތަމަ ވަޑައިގަތީ އެ އަތޮޅު ފީއަލި އަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ ރައީސްގެ ދަތުރުފުޅަކީ ޕީޕީއެމް އިން އިންތިޒާމުކޮށްގެން ކުރައްވާ ކެމްޕެއިން ދަތުރުފުޅެއް ކަމަށެވެ. އަދި އެ ދަތުރުފުޅުގައި ވަޑައިގަންނަވާނީ ފ. އަތޮޅުގެ ހަތަރު ރަށަކަށް ކަމަށެވެ. އޭގެ ތެރޭގައި ފީއަލީގެ އިތުރަށް ނިންލަންދޫ، ބިލަތްދޫ، ދަރަނބޫދޫ ހިމެނޭ ކަމަށެވެ. އަދި މި ރޭ ނިލަންދޫގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅަކީ އެއް ދުވަހުގެ ދަތުރުފުޅެކެވެ. އަދި އެ ދަތުރުފުޅަކީ އަންނަ މަހު 23ގައި އޮންނަ ރިޔާސީ އިންތިހާބަށް ރައްޔިތުންގެ ތާއީދު ހޯއްދެވުމުގެ ގޮތުން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.