ސަރުކާރުގެ މީޑިއާ، އެމްއެންބީސީ އިން ހަބަރު ފަތުރަނީ ބޯދާ އުސޫލުން ޔައުމިއްޔާ ކިޔާ އުސޫލުން ކަމަށާއި އެއީ ޕްރައިވެޓް ޗެނެލެއްގެ ގޮތުގައި ނުދެކުމަށް އެމްއެންބީސީގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ގޮވައިލައްވައިފި އެވެ.

މުސްތަފާ ރޭ ވިދާޅުވީ ޑިމޮކްރެޓިކް މުޖުތަމުއުއެއްގައި ހަބަރު ފަތުރަން އެމްއެންބީސީ އަށް ނޭނގޭ ކަމަށާއި އެމްއެންބީސީން ދައުލަތް ތަމްސީލު ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެ ޗެނެލުން މައިގަނޑު ގޮތެއްގައި ރައްޔިތުންގެ މަޖިލީހާ ޖައްސާލައިގެން އުޅޭ މަންޒަރު ސިފަވާ ކަމަށާއި ދައުލަތުގެ މީޑީއާގެ ދައުރު އެގޮތަށް ފެނިގެން ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެންބީސީގެ ހަބަރު ފެތުރުމުގައި ޕްރައިވެޓް މީޑިއަމްތަކާ ތަފާތު ނުފެންނަ ކަމަށާއި ޕްރައިވެޓް ޓީވީތައް އޮޕަރޭޓް ކުރާނީ ކޮމާޝަލްކޮށް ކަމަށާއި ދައުލަތުގެ ޓީވީ އެގޮތަށް އޮޕަރޭޓްކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.