24 Aug 2018, 16:19
ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ފިލްމުތަކުން ވެސް މިހާރު ބެލުންތެރިންގެ ހިތާ ކުޅެލާފައިވާ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ކައިވެނި އެމެރިކާގެ ހަވާއީގައި ކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
މި ދެ ތަރިންގެ ކައިވެނި އަންނަ މަހުގައި ކުރާނެކަމަށް އަޑުތައް ފެތުރުނު ކަމުގައި ވިޔަސް ކައިވެނި އޮތީ އަންނަ އޮކްޓޯބަރު މަހުގައެވެ. ހަވާއީއަކީ ނިކްއަށް ވަރަށް ކަމުދާ ތަނެކެވެ.
Prayer, family and loved ones as the foundation to this new chapter. ????????pic.twitter.com/LFZSDwgHxe
— Nick Jonas (@nickjonas)August 18, 2018
ނިކްގެ ޓީވީ ސިލްސިލާއެއް ހަވާއީގައި ޝޫޓްކޮށްފާ ވާއިރު ޕްރިޔަންކާ އާއެކު އޭނާ ވަނީ ހަވާއީގައި ޗުއްޓީ ވެސް ހޭދަކޮށްފައެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ޕްރިޔަންކާއާއި ނިކް މިވަނީ ރަސްމީކޮށް އެންގޭޖެވެސް ވެފައެވެ. އިންޑިއާގައި އޮތް މި އެންގޭންޖްމެންޓް ހަފްލާގައި ދެ ފަރާތުގެ އާއިލާގެ އިތުރުން މަޝްހޫރު ތަރިންވެސް ބައިވެރިވިއެވެ.
މި ދެ ތަރިންގެ ކައިވެންޏަށް ދެ ފަރާތުގެ އާއިލާއިން ބޮޑެތި ތައްޔާރީތަކެއް ވަމުން އަންނަ ކަމަށްވެސް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.