ދިވެހިންގެ ތެރޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދައި ފޯރީގައި ބެލި ހިންދީ ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގެ ދެވަނަ ބައެއް ދައްކަން އުޅޭ ވާހަކަޔާ އެކު ގިނަ ބަޔަކު ދަނީ އިންތިޒާރުތަކެއް ކުރަމުންނެވެ. އަންނަ މަހުގެ ދިހަ ވަނަ ދުވަހު ދެވަނަ ބައި ދައްކަން ފަށަން ކުރިން ހަމަ ޖެހިފައިވީ ނަމަވެސް މިހާރު އެ ތާރީހަށް ބަދަލެއް އަތުވެއްޖެއެވެ.

ކުރިން "ކަސޯޓީ 2" ދައްކަން ފަށާގޮތަށް ހަމަޖައްސާފައި އޮތީ އަންނަ މަހުގެ ދިހަ އަކަށެވެ. ނަމަވެސް މިހާރު މިވަނީ އަންނަ މަހުގެ 25 ގައި މިފަހަރުގެ ސީޒަން ދައްކަން ފަށާގޮތަށް ލަސްކޮށްފައެވެ.

"ކަސޯޓީ 2" ޕްރޮޑިއުސްކުރާ އެކްތާ ކަޕޫރު ވެސް މިވަނީ ތާރީހަށް ބަދަލެއް ގެނައި ކަމަށް އިއުލާން ކޮށްފައެވެ. ނަމަވެސް ލަސްކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މިފަހަރުގެ ސީޒަންގައި ފެނިގެންދާނެ ކާސްޓުން އޮތީ އަދިވެސް ސިއްރުކޮށްފައެވެ.

ނަމަވެސް ޕްރޭނާގެ ރޯލުން މިފަހަރު ފެންނާނީ އެރިކާ ފެނާންޑޭޒް ކަމަށް އެކްތާ ވަނީ ޔަގީންކޮށްދީފައެވެ.

އަނޫރާގުގެ ރޯލުން ޕާރްތު ސަމްތާން ފެންނާނެ ކަމަށް އަޑުތައް ފެތުރިފައިވާ އިރު ކޯމަލިކާގެ ރޯލުން ފެންނާނީ "ޔޭ ރިސްތާ ކާކެހެލާ ތާ ހޭ" ގައި އަކްޝަރާގެ ރޯލު ކުޅުނު ހީނާ ހާން ކަމަށް ވެސް ވަނީ އަޑުތައް އަރާފައެވެ.

"ކަސޯޓީ 2" ގައި ފުރަތަމަ ތިން އެޕިސޯޑު ބޮލީވުޑްގެ މަޝްހޫރު ބަތަލު ޝާހްރުކް ހާން ނެރޭޓްކޮށްދޭން ހަަމަޖެހިފައިވާއިރު ގިނަ ބަޔަކު ދަނީ ޑްރާމާ ބަލާލަން އިންތިޒާރު ކުރަމުންނެވެ