24 Aug 2018, 10:20
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރުޖީ ލީޑު ރޯލު ކުޅެ މިިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު ރިލީޒްކުރި "ހިޗްކީ" ކަޒަކަސްތާންގެ ސިނަމާތަކުގައި ދައްކާގޮތަށް ހަމަޖެހިއްޖެއެވެ.
ދާދި ފަހުން ރަޝިޔާގައި އެގައުމުގެ ބަހުން އަޑު އަޅައިގެން ވަނީ "ހިޗްކީ" ގެ ކާމިޔާބު ޝޯތަކެއް ދައްކާފައެވެ. އެއަށްފަހު ފިލްމު ދެން މިސްރާބް މި ޖަހަނީ ކަޒަކްސްތާން އަށެވެ.
ކަޒަކްސްތާންގައި ފިލްމު އަޅުވަން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ. މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި ކަޒަކްސްތާންގެ 15 ސިނަމާ އެއްގައި "ހިޗްކީ" ދެއްކުމަށްވަނީ ހަމަޖެހިފައެވެ.
ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ އެ "ހިޗްކީ" އިން ރާނީގެ އިތުރުން ދެން ފެންނަނީ ސުޕްރިއާ ޕިލްގްއުންކަރް، އާސިފް ބަސްރާ، ކުނާލް ޝިންޑޭ އަދި ޝިވްކުމާރު ސުބްރަމާނިއަމްއެވެ.
ކާމިޔާބު ފިލްމުގެ "ހިޗްކީ" ގެ ޑައިރެކްޓަރަކީ ސިދާތު ޕީ މަލްއުތުރާއެވެ.