ކުޑަކުދިންގެ ޓީވީޝޯ "ލޭޒީ ޓައުން"ގެ ވިލަން "ރޮބީ ރޮޓެން"ގެ ރޯލު ކުޅުނު އައިސްލެންޑުގެ މަޝްހޫރު ތަރި ސްޓެފާން ކާލް ސްޓެފާންސަން ކެންސަރު ބަލީގައި މަރުވެއްޖެއެވެ.

ސްޓެފަންގެ އަންހެނުން ސްޓެއިނުން ތޯސްޓެއިންސްޑޯޓިރް އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ ސްޓެފަން މަރުވެފައިވަނީ ދެ އަހަރަ ދުވަސް ވަންދެން " ބައިލް ޑަކްޓް ކެންސަރ" އަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ. އޭނާ މަރުވީރު ދިޔައީ ކެންސަރަށް ކީމޯތެރަޕީ ވެސް ދެމުންނެވެ.

ސްޓެފަން ކެންސަރު ޖެހުނުފަހުން....

ސްޓެފާން މަރުވީ އުމުރުން 43 އަހަރުގައެވެ. ސްޓެފާން މަރުވި އިރު، އޭނާއާއި އޭނާގެ އަންހެނުންގެ ހަތަރު ދަރިންވެސް ތިބެއެވެ. އެއީ ފިރިހެން ކުއްޖަކާއި ތިން އަންހެން ކުދިންނެވެ.

އޭނާގެ ޓީވީ ޝޯ "ލޭޒީ ޓައުން" ދައްކަން ފެށީ 2004 ވަނަ އަހަރުއެވެ. އަދި 2014 ވަނަ އަހަރާއި ހަމަޔަށް ވަނީ މެދުކެނޑުމެއްނެތި އެކި އެކި ސީޒަންތައް ބެލުންތެެރިންނާ ހަމަޔަށް ގެނެސްދީފައެވެ.