LIVE: Bodu Eid Faahagakurun, eki kankolhuthakun
LIVE: Bodu Eid Faahagakurun, eki kankolhuthakun

Last Updated:
7 year 3 month ago

އަޟްހާ އީދު ފާހަގަކުރުން، އެކި ކަންކޮޅުތަކުން

    ބުލޮގު ޚުލާސާ

    1439 ވަނަ އަހަރުގެ އަޟްހާ އީދު ދުވަހާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

    LIVE: Bodu Eid Faahagakurun, eki kankolhuthakun
    LIVE: Bodu Eid Faahagakurun, eki kankolhuthakun

    ގިނަ ރަށްރަށުގައި އީދު ފާހަގަކުރުމުގެ ސަގާފީ ހަރަކާތްތައް ފެށީ ރޭގައެވެ. މިއަދު ހެނދުނު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފައިވާ އިރު، އީދު ނަމާދަށްފަހު އީދު ކުޅިވަރުތައް ފަށައިގެން ދަނީ ކުރިއަށެވެ.

    LIVE: Bodu Eid Faahagakurun, eki kankolhuthakun
    LIVE: Bodu Eid Faahagakurun, eki kankolhuthakun

    LIVE: Bodu Eid Faahagakurun, eki kankolhuthakun
    LIVE: Bodu Eid Faahagakurun, eki kankolhuthakun

    01:41މުއާވިޔަތު އަންވަރު

    ލ. މުންޑޫގައި ވެސް ވަނީ ފޯރިގަދަ އީދު ކުޅިވަރުތަކެއް ކުރިއަށް ގެންގޮސްފައި. އޭގެތެރޭގައި ކޯޑި ކެނޑުމާއި ބޮޑުމަސް ބޭނުން ފަދަ ކުޅިވަރުތައް ހިމެނޭ.

    LIVE: Bodu Eid Faahagakurun, eki kankolhuthakun
    LIVE: Bodu Eid Faahagakurun, eki kankolhuthakun

    މީގެއިތުރުން އަންހެނުންގެ ފަރާތުން ބާއްވާ ޚާއްސަ ނެށުމުގެ ހަރަކާތެއް ވެސް ކުރިއަށްގެންދަން ވަނީ ހަމަޖެހިފައި.

    ލ. މުންޑޫގައި ބޮޑުމަސް ބޭނުމުގެ ކުޅިވަރު ކުރިއަށް ދަނީ --- ފޮޓޯ/ އަހުމަދު މުފީދު
    ލ. މުންދޫގައި ކުރިއަށްދިޔަ އީދު ކުޅިވަރުތަކުގެ ތެރެއިން --- ފޮޓޯ/ އަހުމަދު މުފީދު
    12:40ނަޖާހު މަސްއޫދުލ. މާބައިދޫ

    ބޮޑު އީދު ފާހަގަކުރުމުގެ ހަރަކާތްތައް ލ. މާބައިދޫގައި މިއަދުވެސް ދަނީ ކުރިއަށް. އެގޮތުން މިއަދު ހެނދުނު ވަނީ އެރަށު ފިރިހެނުންގެ ކެއްކުމުގެ މުބާރާތެއް ކުރިއަށް ދިޔަ.

    މާބައިދޫގައި އީދުގެ ހަރަކާތްތައއް ކުރިއަށް ދަނީ -- ސަން ފޮޓޯ/ އިސްމާއިލް އާދަމް

    23:38މުއާވިޔަތު އަންވަރު

    އީދުގެ އުފާފާޅު ކުރުމުގެ ގޮތުން ކ. ގުރައިދޫގައި މިރޭ 1438 ބޮޑު ބެރު ގްރޫޕުން ކުރިއަށް ގެންދިޔަ ޝޯގައި ވަނީ އެ ރަށުގެ ގިނަ އަދަދެއްގެ ކުދި ބޮޑު ރައްޔިތުންގެ އިތުރުން ރަށުން ބޭރަށް އީދަށް އެ ރަށަށް ދިޔަ ގިނަ ބަޔަކު ވެސް ބައިވެރިވެފައިއެވެ.

    ކ. ގުރައިދޫގައި ކުރިއަށްދިޔަ އީދު ކުޅިވަރުތަކުގެ ތެރެއިން ---- ފޮޓޯ: ތަސްނީމް
    21:32މުހައްމަދު އައުޒަމް

    އީދާ ގުޅިގެން ހއ. މޮޅަދޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި. އޭގެ ތެރޭގައި ވިޔަފާރީގެ ސްޓޯލަކާއި، އެނބުރޭ އުނދޯންޏާއި، ބިރުވެރި ހޮހަޅައަކާއި، ކެންޓީނާއި އެކި ކުޅިވަރުތަކާއި އަދި ސްޓޭޖްް އައިޓަމްތައް ހިމެނޭ. އޭގެ އިތުރުން އަންހެނުންނާއި ފިރިހެނުންގެ ޕެރޭޑާއި މަގުމަތީގެ ކުޅިވަރުތަކާއި އަދި ކުޑަކުދިންގެ ހަވީރު ހިމެނޭ.

    އީދާ ގުޅިގެން މޯޅަދޫއިން ބޭއްވި މާލި ޕެރޭޑް
    18:03މުޙައްމަދު މުސްޠަފާ

    އީދު ޝޯއަށް މާފުށިން ރައްޔިތުންގެ ސްޓޭޖު އޮތީ މިރޭ 9:00 ގައި. މިރޭ ޝޯ ފަޅުފިލުވައިދޭނީ ދެވަނަ މޯލްޑިވިއަން އައިޑަލް މުހައްމަދު ތަސްނީމު (ބޮބް)އާއި މާފުށީގެ ރަސްފަރި ޑާންސް ގްރޫޕު.

    މާފުށީގައި މިރޭ އޮންނަ ޝޯއަށް ތައްޔާރުވަނީ --

    17:38މުޙައްމަދު މުސްޠަފާ

    މި ފަންނާނުން މިއަދު ވަނީ ސޯސަން ވިލާގައި، ލަންކާގައި އުޅޭ ދިވެހީންނާ އެކު ކުލަ ޖެހުމުގައި ބައިވެރިވެފައި.

    17:34މުޙައްމަދު މުސްޠަފާ

    މިރޭ ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (ސޯސަން ވިލާ)ގައި ދިވެހި ފަންނާނުންގެ ހާއްސަ ޝޯއެއް އޮންނާނެ. މި ޝޯގައި ހުށަހެޅުންތައް ހުށަހަޅައިދޭނީ ލަވަކިޔުންތެރިން އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ޝަލަބީ އިބްރާހިމް، ހަސަން އިރުފާން (ޒަކިއްޓެ)، މަރިޔަމް މައީޝާ (ރާޅު މަރިޔަނބު) އަދި ނެށުންތެރިޔާ ސުނީތާ އަލީ.

    ދިވެހި ފަންނާނުން ސޯސަން ވިލާގައި -- ފޮޓޯ/ ސުނީތާ އަލީ (ފޭސްބުކް)

    17:08ނަޖާހު މަސްއޫދުލ. މާބައިދޫ

    މާބައިދޫގައި ކުރިއަށްދާ މުބާރާތުގައި ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ބައިވެރިވޭ.

    ބޮޑު އީދުގެ މުނާސަބަތުގައި ލ. މާބައިދޫގައި ކުރިއަށްދާ ފުޓުބޯޅަ މުބާރާތް -- ސަން ފޮޓޯ/ އިސްމާއިލް އާދަމް

    16:03ނަޖާހު މަސްއޫދުލ. މާބައިދޫ

    ބޮޑު އީދުގެ މުނާސަބަތުގައި ލ. މާބައިދޫގައި މިއަދު ކުރިއަށް ގެންދާ "ވަން ޑޭ ކަޕް" ފުޓުބޯޅަ މުބާރާތް ކުރިއަށްދަނީ. މި މުބާރާތް ކުރިއަށްދަނީ މާބައިދޫ ބަނދަރު ކައިރީ އޮތް ސަރަހައްދެއްގައި.

    15:20މާހިލް މުހައްމަދު

    ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް އަޟްހާ އީދުގެ ތަހުނިޔާ ފޮނުއްވާފައި.

    13:35މުހައްމަދު އައުޒަމް

    އެޗްޑީސީއާ ހުޅުމާލެ ރައްޔިތުންނާ ގުޅިގެން މިއަދު ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި. އެ ހަވީރުގައި ވޯޓާ ސްލައިޑާއި، އީދު ޕެރޭޑާއި އަދި ތަފާތު ހަދިޔާތައް ކުޑަކުދިންނަށް ބެހުން އޮންނާނެ.

    މިރޭ ސެންޓްރަލް ޕާކްގައި، އަމިއްލަ ފަރާތަކުން އިންތިޒާމުކޮށްގެން ޝޯއެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި. އެ ޝޯގައި ބޮޑުބެރާއި، ސަގާފީ ހަރަކާތްތަކާއި މިއުޒިކް އަދި ހަވާއެރުވުން އޮންނާނެ.

    13:21މުޙައްމަދު މުސްޠަފާ

    ހއ. އުތީމުގައި މިއަދު ހެނދުނު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކޮށްފައިވޭ. އަދި ނަމާދަށްފަހު ރަށުގެ ހުރިހާ ރައްޔިތުން ވަނީ އަވެލި މޮޑެގެން ކައިފައި. އެއަށްފަހު ފެންކުޅި ކުޅުން ކުރިއަށް ދިޔަ.

    ހއ. އުތީމުގައި ކުލަޖެހުމާއި ފެންކުޅި ކުޅުން ކުރިއަށް ދިޔަ --

    13:10މުޙައްމަދު މުސްޠަފާ

    މިއަދު ހެނދުނު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށްފަހު ހދ. މަކުނުދޫގެ މަގުތައް މަތީގައި ރަށުގެ ކުދިބޮޑު ރައްޔިތުން ވަނީ ފެންކުޅި ކުޅެފައި. މިއަދު ހަވީރު ފުޓުބޯޅަ މެޗެއްވެސް އެރަށުގައި އޮންނާނެ.

    ހދ. މަކުނުދޫގައި ބޮޑު އީދު ފާހަގަކުރުން -- ފޮޓޯ/ މުހައްމަދު އާސިފް (ފޭސްބުކް)

    12:21ނަޖާހު މަސްއޫދުލ. މާބައިދޫ

    ލ. މާބައިދޫގައި ފެންކުޅިއާއި ކުލަ ޖެހުން ކުރިއަށް ދަނީ -- ސަން ފޮޓޯ/ އިސްމާއިލް އާދަމް

    12:17ނަޖާހު މަސްއޫދުލ. މާބައިދޫ

    މިއަދު ހެނދުނު އީދު ނަމާދަށްފަހު ލ. މާބައިދޫ ބަނދަރު ސަރަހައްދުގައި ބޮޑު އީދު ސައި އޮތް. މި ސައިގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި.

    12:13ގދ. ތިނަދޫ

    ގދ. ތިނަދޫގައި މިއަދު ހެނދުނު ކުދިންތަކެއް ފެންކުޅި ކުޅެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

    12:11ނަޖާހު މަސްއޫދުލ. މާބައިދޫ

    ލ. މާބައިދޫގައި ބޮޑު އީދާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް ސަންޓީވީން ވަގުތުން ދުރަށް ދައްކަމުން ދާނެ. މާބައިދޫގެ އީދު ހަރަކާތްތައް ރޭގެ ވަގުތެއްގައި ވަނީ ފަށާފައި.

    12:07މުހައްމަދު އައުޒަމް

    މިއަދު ހެނދުނު އެޗްޑީސީއާއި ހުޅުމާލޭގެ އަލް ހިޖްރަ ޖަމިއްޔާ ގުޅިގެން ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައި. އޭގެ އިތުރުން އިއްޔެ ހުޅުމާލޭގައި އަލަށް ހުޅުވި މަސްޖިދުލް ވާލިދައިންގައިވެސް އީދު ނަމާދު ކޮށްފައިވޭ. އިމާމުވެ ނަމާދުކުރެއްވީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު.

    12:01މުޙައްމަދު މުސްޠަފާ

    މިއަދު ހެނދުނު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޟްހާ އީދު ނަމާދު ބޮޑު ޖަމާޢަތުގައި ވަނީ ކޮށްފައި. މާލޭގައި ބޮޑު އީދު ނަމާދުކުރުން އޮތީ މާފަންނު ދަނޑުގައި.

    11:53

    ހުޅުމާލޭގައި އިއްޔެ ހުޅުވި "މަސްޖިދުލް ވާލިދައިން" މިސްކިތުގައި އީދު ނަމާދުކޮށްފި. އެ މިސްކިތުގައި އީދު ނަމާދު ކޮށްދެއްވީ ޕީޕީއެމްގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް.

    އީދު ނަމާދަށް ފަހު އެ ނަމާދުގައި ބައިވެރިވި ހުރިހާާ ފަރާތްތަކަށް، ސެންޓްރަލް ޕާކްގައި އީދު ސައިިި ވަނީ ބާއްވައިފައި.

    ހުޅުމާލެ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަލް ހިޖްރައާއި ގުޅިގެން. އޯޓިޒަމް ކައިރީގައި އޮންނަ ހުސްބިމުގައި އުލްހިޔާ ކަތިލުމުގެ ހަރަކާތެއް ބާއްވައިފި.

    " މަސްޖިދުލް ވާލިދައިން" މިސްކިތުގައި ޑރ. ޝަހީމް އީދު ނަމާދު ކުރައްވަނީ-- ފޮޓޯ: އެޗްޑީސީ
    ހުޅުމާލޭގައި އުލްހިޔާ ކަތިލުމުގެ ހަރަކާތްތައް ކުރިއަށް ދަނީ-- ފޮޓޯ: އެޗްޑީސީ