19 Aug 2018, 21:32
ހޮސްޕިޓަލުގައި ދިން ފަރުވާތަކަށް ހޮސްޕިޓަލުގެ ބިލަށް އެރި ފަސް ލައްކަ ރުފިޔާ ނުދެއްކިގެން އާންމުންގެ އެހީތެރިކަމަށް އެދުމުގެ ކުރިން ނެޝަނަލް ސޯޝައަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި އޭޑީކޭ ހޮސްޕިޓަލުން އެ ބިލު ދައްކައިދީފި އެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ކުރި ފަސް އޮޕަރޭޝަނަކާއި އެޑްމިޓް ކޮށްގެން ދިޔަ ހަރަދަށް ޖުމްލަ ފަސްލައްކަ ރުފިޔާ އަރާފައި ވާއިރު ދެ ލައްކަ ރުފިޔާ ވަނީ އާސަންދައިން ކަވަރު ކޮށްފަ އެވެ.
މެޑިކަލް ބިލަށް އެދި އަނެއް ބައި މިހާރު އެންސްޕާއިން ވަނީ ދައްކައިދީފަ އެވެ. އެ ފައިސާ އެންސްޕާއިން ދައްކާފައިވާ ކަން އޭޑީކޭއިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭގެ އިތުރުން އޭޑީކޭގައި ބާއްވާ ކޮޓަރިއާއި ހިދުމަތުގެ އަގަށް އެރި އަގުން ބޮޑު ބައެއް އޭޑީކޭއިން ދައްކައިދީފައިވާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އާއިލާއިން ބުނީ މުންއިމް މާލެ ގެނައީ ސްޓްރޯކެއް ޖެހިގެން ކަމަށެވެ. މާލެ ގައުމަށް ފަހު ފުރަތަމަ އައިޖީއެމްޗުގައި ފަރުވާ ދިނުމަށް ފަހު އޭޑީކޭއަށް ބަދަލުކުރީ އައިޖީއެމްޗުން ދެވެން ނެތް ފަރުވާ ދިނުމަށެވެ.
އޭޑީކޭއަށް އޭނާ ބަދަލު ކުރުމަށް ފަހު ބޮލުގެ ނާށިގަނޑުން ދުޅަވެފައިވާތަން ކަފާލައި ސިކުނޑިއަށް ލޭއެޅިފައިވާ ތަން ވަނީ ސާފުކޮށްފަ އެވެ. އޭގެ ފަހުން އެތަން ދުޅަވާން ފެށުމުން އިތުރު އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް ވެސް އާއިލާއިން ބުންޏެވެ.