އީޖާދީ ދިވެހި އުފެއްދުންތަކަށް ރާއްޖެއާއި ރާއްޖެއާއި ބައިނަލްއަގުވާމީ މާކެޓުގައި ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދިނުމަށް "ނިރު އެކްސެލެރޭޓާ" ގެ ނަމުގައި އުރީދޫއިން ތައާރަފްކުރި ޕްރޮގްރާމްގެ ޕްރީހެކް ސެޝަން ބާއްވައި ކުރިއަށް އޮތް ހެކަތަންއަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

މިއީ އުރީދޫގެ ނިރު އެކްސަލަރޭޓާ ޕްރޮގްރާމްގައި ޕްރޮގްރާމުގައި ބައިވެރިކުރާނެެ ޓީމްތައް ހޮވުމަށް ބާއްވާ ހެކަތަންއެކެވެ. އުރީދޫއިން ބުނީ އެ ހެކަތަން އޮންނާނީ މިމަހުގެ 31 އަދި އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށެވެ.

އުރީދޫއިން ބުނީ ނިރު ހެކަތަންގައި ދެ މެމްބަރުންނާއި ފަސް މެމްބަރުންގެ ޓީމްތަކަށް ވާދަކުރެވޭނެ ކަމަށެވެ. އަދި ބުނީ އެ ހެކަތަންގައި އަންނަ ހޮނިހިރު ދުވަހާ ހަމައަށް އުރީދޫވެބްސައިޓްމެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

އުރީދޫ އާއި ނިރުގެ ޓެކްނޮލޮޖީ ޕާޓްނަރު، އައިޑިއާމާޓް ގުޅިގެން ބޭއްވި ޕްރީ-ހެކް ސެޝަންގައި ކުރިއަށްއޮތް ހެކަތޮން މަސައްކަތް ކުރާނެ ގޮތާއި، ބައިވެރިންނަށް ލިބިގެންދާނެ ޑިޖިޓަލް ޓޫލްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އެ ސެޝަން ނިރު ނިރު އެކްސެލެރޭޓަރގެ ފޭސްބުކް ޕޭޖުން ވަނީ ލައިވްވެސް ކޮށްފައެވެ.

އެ ސެޝަންއާ ބެހޭ އިތުރުު މައުލޫމާތު ނިރު އެކްސަލަރޭޓާ ޕޭޖުން ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.