19 Aug 2018, 13:25
ކ.ގާފަރު ކައިރީ ހިންގާ އޯ ބްލޫ ސިލެކްޓް އެޓް ސަންގެލި ރިސޯޓުގެ ވޯޓާ ވިލާ އަކުން ވެއްޓި ޗައިނާ ކުއްޖަކު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، ހުކުރު ދުވަހުގެރޭ ހިނގި ހާދިސާގައި މަރުވެފައިވަނީ ޗައިނާ އަށް ނިސްބަތްވާ، އުމުރުން ފަސް އަހަރުގެ ކުއްޖެކެވެ. އެކުއްޖާ މަރުވެފައި އޮއްވާ ފެނުނީ، ގެއްލިގެން ހޯދަމުން ދަނިކޮށް ވޯޓާ ވިލާޔާ ދިމާލު މޫދުން ކަމަށް ވެއެވެ.
ފުލުހުންނާ ހަވާލާދީ ބައެއް މީޑިއާ ތަކުގައި ބުނެފައިވަނީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެރޭ 8:55 ހާއިރު ކަމަށެވެ. އަދި އެކުއްޖާ މަރުވެފައި އޮއްވާ ފެނުނީ، 9:50 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
ވޯޓާ ވިލާއިން ވެއްޓި މަރުވި ކުއްޖާ ޗުއްޓީ ހޭދަކުރަމުން ދިޔައީ އެކުއްޖާގެ މައިންބަފައިންނާއެކު އެވެ.