މީޑިއާ ނެޓުގެ އީދު ހަދިޔާ މިފަހަރު ކުޑަކުދިންނަށް ޚާއްސަ ކޮށްފި އެވެ.

އެންމެ ބޮޑު ކޭބަލް ޓީވީ އޮޕަރޭޓަރު، މީޑިއާ ނެޓުން ބުނީ ދާދިފަހުން ތައާރަފުކުރި ކުޑަކުދިންނަށް ޚާއްސަ ދެ ޗެނަލް ކަމަށްވާ ނިކަލޯޑިއަން އެޗްޑީ އާއި ޑްރީމްވޯކްސް އެޗްޑީ އީދާ ދިމާކޮށް އެއްވެސް އަގަކާ ނުލާ ދޫކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް މި ދެ ޗެނަލް އެއްވެސް އިތުރު ޗާޖަކާ ނުލައި، މީޑިއާނެޓް ބޭނުންކުރާ އެންމެންނަށް ބެލޭނެ ކަމަށެވެ.

ޑްރީމްވޯކްސްް އެޗްޑީ އާއި ނިކަލޯޑިއަން އެޗްޑީ އަކީ ކުޑަކުދިންނަށް ޝައުގުވެރިވާނެ ފަދަ ކޮންޓެންޓު ގެނެސްދޭ ދެ ޗެނަލެވެ. މީޑިއާނެޓުގެ ޗެނަލް 838 އިން ޑްރީމް ވޯކްސް އެޗްޑީ ފެންނާނެއެވެ. ނިކަލޯޑިއަން އެޗްޑީ ފެންނާނީ ޗެނަލް 836 އިންނެވެ.

މިއަދު މީޑިއާނެޓުން ވަނީ މާފަންނު ޒުވާނުންގެ މަރުކަޒު ސަރަހައްދުގައި ނިކަލޯޑިއަން ތީމަށް ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން މި މަހުގެ ފުރަތަމަ ހަފްތާގައި މީޑިއާނެޓުން ވަނީ ޑްރީމްވޯކްސް ގެ ތީމަށް ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފަ އެވެ.