އިންޑިއާގެ ކެރެލާ ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީވުމަށް ބަތަލާ ޖެކަލީން ފާނެންޑާޒް އޭނާގެ ފޭނުންގެ ކިބައިން އެދެފިއެވެ.

ޖެކަލިން ބުނެފައިވަނީ ކެރެލާ އަށް ކުރަމުންދާ ވިއްސާރާގައި އެ ސްޓޭޓުގެ ރައްޔިތުން ހާލުގައި ޖެހިފައިވާ ކަމަށާއި އެ ރައްޔިތުންނަށް އެހީވުމަށް ވެދެވެން އޮތް އެހީއެއް ދިނުމަށް އެދޭ ކަމަށެވެ.

ހާލުގައި ޖެހިފައިވާ އާއިލާތަކަށް އޭނާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް، ޖެކަލީން ވަނީ ބުނެފަ އެވެ. އެގޮތުން ބަދިގޭ ސާމާނާއި، ބްލޭންކެޓް، ތުވާލި އަދި ސާފުތާހިރުވުމަށް ބޭނުންވާނެ ތަކެތި ހަދިޔާ ކުރާނެކަމަށް ބުނެ އިންޓަގްރާމުގައި ޖެކަލީން ވަނީ ޕޯސްޓެއް ކޮށްފައެވެ.

ޖެކަލީން ގެ އިންސްޓަގްރާމް ޕޯސްޓް ---

ކެރެލާ އަށް ކުރަމުންދާ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 324 އަށް އަރާފައިވާއިރު ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ކެރެލާ އަށް ކުރަމުންދާ ވިއްސާރާގައި ލިބިފައިވާ ގެއްލުންތައް ބައްލަވާލެއްވުމަށް އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީ މާދަމާ އެ ސްޓޭޓަށް ޒިޔާރަތް ކުރައްވާނެއެވެ.

މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކެރެލާ އިން 167 މީހަކު ވަނީ މަރުވެފަ އެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.