ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އަންހެން ފިލްމީ ތަރިންގެ ލިސްޓުން އެއް ވަނަ ސްކާލެޓް ޖޯހާސަން ހޯދައިފި އެވެ.

ފޯބްސް މެގަޒިންގައިވާ ގޮތުން، އެވެންޖާސް ފިލްމުތަކުގައި ބްލެކް ވިޑޯގެ ރޯލު ކުޅޭ ޖޮހާންސަންއަށް ވަނީ މިދިޔަ އަހަރު 40.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައި އެވެ. އަދި 28 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު އެ ލިސްޓުގެ ދެވަނަ ހޯދީ އެންޖެލީނާ ޖޯލީ އެވެ.

ލާ ލާ ލޭންޑުގެ ކާމިޔާބީއަށް ފަހު މިދިޔަ އަހަރު އެލިސްޓުގެ އެއް ވަނަ ހޯދި އެމާ ސްޓޯންގެ ނަން މިހާރު ވަނީ އެންމެ ބޮޑު އާމްދަނީ ލިބޭ 10 ބަތަލާއިންގެ ލިސްޓުން އުނިވެފަ އެވެ. އަދި ސްޓޯންގެ ބަދަލުގައި ވޮންޑާ ވުމަންގެ ތަރި ގަލް ގަޑޮޓް ވަނީ އެލިސްޓުން ޖާގައެއް ހޯދައިފަ އެވެ.

އެންމެ ބޮޑު މުސާރަ ލިބޭ ބަތަލާއިންގެ ލިސްޓަށް ގަލް ގަޑޮޓްގެ ނަން ވަނީ އަރާފައި -- ފޮޓޯ: ވަޔާއިމޭޖް

އެލިސްޓުގައި ހިމެނޭ ބަތަލާއިންގެ ތެރޭގައި:

1. ސްކާލެޓް ޖޮހާންސަން - 40.5 މިލިއަން ޑޮލަރު

2. އެންޖެލީނާ ޖޯލީ - 28 މިލިއަން ޑޮލަރު

3. ޖެނިފާ އެނިސްޓަން - 19.5 މިލިއަން ޑޮލަރު

4. ޖެނިފާ ލޯރެންސް - 18 މިލިއަން ޑޮލަރު

5. ރީޒް ވިދާސްޕޫން - 16.5 މިލިއަން ޑޮލަރު

6. މީލާ ކޫނިސް - 16 މިލިއަން ޑޮލަރު

7. ޖޫލިއާ ރޮބާޓްސް - 13 މިލިއަން ޑޮލަރު

8. ކޭޓް ބްލާންޗެޓް - 12.5 މިލިއަން ޑޮލަރު

9. މެލިސާ މެކާތީ - 12 މިލިއަން ޑޮލަރު

10. ގަލް ގަޑޮޓް - 10 މިލިއަން ޑޮލަރު

އެއީ ހޮލީވުޑުގައި އަންހެނުންނާއި ފިރިހެނުންނަށްދޭ މުސާރާގައި ތަފާތުތައް ހުރި ކަމަށް ބުނެ ޝަކުވާތައް ފެންމަތިވި ފަހުން ފޯބްސް އިން ނެރުނު ފުރަތަމަ ލިސްޓެވެ.

މިއަހަރު ޓޮޕް 10 ބަތަލާއިންގެ ޖުމްލަ އާމްދަނީ އަކީ 186 މިލިއަން ޑޮލަރެވެ. އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު އަށް ޕަސެންޓް ކުރިއެރުމެކެވެ.