Back
Nov 24, 2025 SUN
SUN

ލައިފް ސަޕޯޓްގައި އޮންނެވި އަތަލް ބިހާރީ ވަޖްޕާއީ އަވަހާރަވެއްޖެ

ލައިފް ސަޕޯޓްގައި އޮންނެވި އަތަލް ބިހާރީ ވަޖްޕާއީ އަވަހާރަވެއްޖެ
Lead photo

މިދިޔަ ޖޫން މަހު އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (އެއިމްސް)ގައި އެޑްމިޓު ކުރި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީ ލައިފް ސަޕޯޓްގައި އޮންނެވުމަށްފަހު އަވަހާރަވެއްޖެއެވެ.

ވަޖްޕާއީ އަވަހާރަވުމާ ގުޅިގެން އިންޑިއާގެ ގިނަ ސިޔާސީ ފަރާތްތަކުން ދަނީ އެމަނިކުފާނަށް ތައުޒިޔާ ކިޔަމުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ކޮންގްރެސް ޕާޓީގެ ބޭފުޅުންވެސް ހިމެނިވަޑައިގެންނަވައެވެ.

ޖޫން 11ގައި ވަޖުޕާއީ އެޑްމިޓު ކުރީ ކިޑްނީ އިންފެކްޝަނެއް ޖެހުމާ ނޭވާލަން އުނދަގޫވުމުގެ ސަބަބުންނެވެ.

އިންޑިއާގެ 10 ވަނަ ބޮޑުވަޒީރުކަން ކުރެއްވި ވަޖުޕާއީ ހޮސްޕިޓަލުގައި އޮންނެވިއިރުވެސް އެގައުމުގެ ގިނަ އަދަދެއްގެ އިސް ފަރާތްތަކުންް ވަނީ ޒިޔާރަތްކުރައްވައިފައެވެ. އެގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ އިއްޔެ ހަތަރު ވަނަ ފަހަރަށް ވަޖުޕާއީގެ ހާލުކޮޅު ބައްލަވާލެއްވުމަށް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފަ އެވެ.

ވަޖްޕާއީއަކީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރި، ބާރަތިޔާ ޖަނަތާ ޕާޓީއަށް ނިސްބަތްވާ ފުރަތަމަ ބޭފުޅާ އެވެ. ވަޖްޕާއީ ވަނީ އިންޑިއާގެ ބޮޑުވަޒީރުކަން ތިން ފަހަރެއްގެ މަތިން ކުރައްވައިފަ އެވެ. އެއީ 1996 ވަނަ އަހަރު 13 ދުވަހަށާއި 1998 ވަނަ އަހަރުން ފެށިގެން 13 މަހަށާއި 1999 އިން ފެށިގެން ހަ އަހަރަށެވެ.

ވަޖްޕާޔީއަށް 1994 ވަނަ އަހަރު ގާނޫނު ހަދާ މަޖިލީހުގެ ބެސްޓް ޕާލަމެންޓޭރިއަންގެ ލަގަބު ލިބިވަޑައިގެންނެވި އިރު، އިންޑިއާގެ އެންމެ މަތީ މަދަނީ ޝަރަފު، ބާރަތު ރަތުނާވެސް 2015 ވަނަ އަހަރު ލިބިވަޑައިގަތެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics