16 Aug 2018, 15:53
މަޝްހޫރު ބެގްރީސް ބްރޭންޑްގެ އުފެެއްފުންތައް އެސްޓީއޯ ސުޕަމާޓުން،ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.
އެސްޓީއޯ އިން ބުނީ،ސިއްހަތަށް ފައިދާ ހުރި ސީރިއަލް ބްރޭންޑެއްގެ ގޮތުގައި އެތައް ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބެގްރީސްގެ އުފެއްދުންތައް ސުޕަމާޓުން ވިއްކާނީ ހާއްސަ އަގުތަކެއްގައި ކަމަށެވެ.
ބެގްރީސްގެ އުފެއްދުންތަކަކީ ބާޒާރުގައި އާންމުކޮށް ވިއްކަން ހުންނަ ސީރިއަލް ބްރޭންޑްތަކާއި ހިލާފަށް އެއްވެސް އާޓިފިޝަލް މާއްދާތަކެއް ނުހިމަނާ ހަމައެކަނި ގުދުރަތީ ތަކެއްތި ބޭނުންކޮށްގެން އުފައްދާފައިވާ ކޮލެޓީ ރަނގަޅު ބްރޭންޑެއް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އެސްޓީއޯ ސުޕަމާޓުން ވަނީބެގްރީސް ބްރޭންޑްގެ25އުފެއްދުމެއް ވިއްކަން ފަށައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ފްލެކްސްގެ ހަވައްތަރަކާއި، ކުޑަކުދިންނަށް ހާއްސަ ޗޮކޯސްގެ ދެވައްތަރަކާއި އޯޓްސްގެ އަށްވައްތަރަކާއި މިއުސްލީގެ ހަތްވައްތަރެއްގެ އިތުރުން ޗިޔާ ސީޑްސް އާއި ކުއިނޯ އެވެ.
އެ ހުރިހާ ބާވަތްތަކަކީ ވެސް މިވަގުތު ރާއްޖޭގެ ބާޒާރުން ލިބެން ހުރި އެންމެ އަގުހެޔޮ އަދި އެންމެ ކޮލެޓީ ރަނގަޅު އެއް ބްރޭންޑް ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އަދި ބެގްރީސް ބްރޭންޑްގެ ވައްތަރުތައް މިހާރު ވެސް ހޯލްސޭލްކޮށް އެސްޓީއޯ ސުޕަމާޓުގެ ހޯލްސޭލް ސެންޓަރުން ލިބޭނެ ކަމަށާއި އަދި ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާޓްގެ އިތުރުން ރަށްރަށުގައި ހުންނަ އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުންނާއި އާންމު ގިނަ ފިހާރަތަކުން މިހާރު ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ބެގްރީސް ކުންފުންޏަކީ އިންޑިއާގައި ސީރިއަލް އުފެއްދުމުގެ މަސައްކަތުގައި50އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކުންފުންޏެކެވެ.