16 Aug 2018, 17:38
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަޤާމަށް ށ. ކޮމަންޑޫ ޗަމަން މޫސާ ރަމީޒް އައްޔަންކުރައްވައިފިއެވެ.
ރަމީޒް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކުރީގެ ރައީސް މައުމޫން އަބްދުލް ގަައްޔޫމްގެ ވެރިކަމުގައި ށ. އަތޮޅުގެ އަތޮޅުވެރިކަންވެސް ކުރައްވައިފައެވެ.
ހޯމް މިނިސްޓްރީގައި މިނިސްޓަރު އަޒްލީން އަހުމަދުގެ އިތުރުން މިހާރުވެސް ދެ ނައިބުން ތިއްބަވައެވެ. އޭގެ ތެރޭގައި މޫސާ ފަތުހީ އާދަމް އާއި އަހުމަދު ސިއްދީގް ހިމެނިވަޑައިގެންނަވައެވެ. އޭގެ އިތުރުން ސީނިއާ ޕޮލިސީ އެގްޒެކިއުޓިވްގެ މަގާމުގައި ތިންބަވަނީ ދެ ބޭފުޅުންނެވެ. އެއީ އަހުމަދު އަދީމް އާއި އަދި އިސްހާގް އަހުމަދެވެ.