ސިއްހީ ހިދުމަތުގައި ފަންނުގައި މަސައްކަތްކުރައްވާ ފަރާތްތަކުން، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ދަފުތަރުގައި ރަޖިސްޓްރީނުކޮށް، ދައުލަތުގެ މުއްސަސާތަކާއި ފަރުދުންގެ ވިޔަފާރިތަކުގައި ނަރުހުންނާއި ފޫޅުމައިންގެ ގޮތުގައި މަސައްކަތް ކުރަމުންގެންދާތަން ވަރަށް ބޮޑަށް ފެންނަމުންދާ ކަަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ މުއްސަސާތަކާއި ފަރުދުންގެ ވިޔަފާރިތަކުގައި ނަރުހެއް ނުވަތަ ފޫޅުމައެއްގެ ގޮތުގައި ލައިސަންސް ނެތި މަސައްކަތް ނުކުރެވެނެ ކަމަށެވެ.

ޓްރީން ބުނީ ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލްގައި ރަޖިސްޓްރީކޮށް އެ ކައުންސިލުން ދޫކުރާ ލައިސެންސްއެއްގެ ދަށުން ކަމަށެވެ.

ނާސިން އެންޑް މިޑްވައިފަރީ ކައުންސިލަކީ ނަރުސް ކަމުގެ ހުއްދަ ދިނުމާއި އެ ފަރާތްތަކުގެ ހުރިހާ ކަމެއް ބަލަހައްޓައި، ރެގިއުލޭޓް ކުރާ ކައުންސިލެވެ.

އެހެންކަމުން އެ ކައުންސިލްގައި ރަޖިސްޓްރީ ނުކޮށް ނަރުހެއްގެ ނަމުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި މަސައްކަތްކުރުމަކީ މުޅިން މަނާކަމެއް ކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.