ޑިޒްނީގެ ފިލްމުތަކުގައި ޕްރިންސެސްތައް ތިބެނީ ރީތިކޮށް ނަލަ ހެދި ގައުންއެއް ލައިގެންނެވެ. އެކަމަކު ޑިޒްނީގެ 57 ވަނަ އެނިމޭޓެޑް ފިލްމުން މި މަންޒަރު ބަދަލުކޮށްލާނެއެވެ.

ދެހާސް ބާރަވަނަ އަހަރު ޑިޒްނީއިން ގެނެސްދިން ރެކް އިޓް ރެލްފްގެ ސީކުއެލް ފިލްމުގެ ޓްރެއިލާތައް މިހާރު އާންމުކޮށްފައިވާއިރު މި ޓްރެއިލާއަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. ޑިޒްނީގެ ހުރިހާ ޕްރިންސެސުން އެއް ސީންއަކުން ފުރަތަމަ ފަހަރަށް މި ފިލްމުން ފެންނާނެއެވެ.

އަބަދުވެސް ޑިޒްނީ ޕްރިންސެސުން ލައިގެން ތިބޭ ޓްރޭޑްމާކް ހެދުންތަކުގެ ބަދަލުގައި ވަރަށް ކެޝުއަލް ހެދުމުގައި ފެންނަ ސީން ވަނީ އިންޓަނެޓުގައި މިހާރު އެންމެ ގަދަޔަށް ދެކެވޭ ވާހަކައަށް ވެފައެވެ. މި ހުރިހާ ޕްރިންސެސުން އެއްތަންވެގެން ދައްކާ ވާހަކަތައް ޓްރެއިލާގައި ފެނެއެވެ.

ފެންނަ ޕްރިންސެސުންގެ ތެރޭގައި ސްނޯވައިޓް، ސިންދެރެލާ، މުލާން، އެލްސާ އަދި އާނާ، ރެޕަންޒެލް، އޮރޯރާ، މުލާން، ބެލް، ޖޭޒްމިން، މޮއާނާ، ޕޮކަހޮންޓަސް އަދި ޓިއާނާވެސް ހިމެނެއެވެ.

މި ފިލްމުން ފެންނާނީ އިންޓަނެޓުގެ ވެނެލޯޕްްގެ ވީޑިއޯ ގޭމެއްގެ މައްސަލަ ޖެހުމުން އެކަމަށް ހައްލު ހޯދުމަށް އިންޓަނެޓުގެ ދުުނިޔެއަށް ގޮސް އެކަން ހައްލު ކުރަން މަސައްކަތް ކުރާ ތަނެވެ. ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމަކީ ޑިޒްނީގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ރަނަގަޅު ހަދިޔާ އަކަށް ވާނެއެވެ.