19 Sep 2011, 17:00
ބަނގުރާ ކައްކަން ތައްޔާރުކޮށްފައި ހުރި އެއްޗެހި ތަކެއް ސ. ހިތަދޫ ގެއަކުން ފުލުހުން އަތުލައިގެންފި އެވެ.
ފުލުހުން ބުނީ ބަނގުރާ ކައްކަން ތައްޔާރުކޮށްފައި ހުއްޓައި ފެނުނީ ހިތަދޫގައި މާރާމާރީއެއް ހިންގަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން އެ ރަށުގެ ގެއަކަށް ވަދެ، އެގެ ފާސް ކުރުމުގެ ތެރޭގައި ކަމަށާއި އެ ގެއަކީ މީހުން ދިރިއުޅޭ ގެއެއް ކަމަށެވެ. މިއަދު މެންދުރު ފަހު ފުލުހުން ވަދެ ފާސް ކުރީ ހިތަދޫގެ ކޮންގެއެއް ކަމެއް ނުބުނެ އެވެ. ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ހިތަދޫ ވަލުތެރޭގައި ބަނގުރާ ކައްކަން އުޅުމުގެ ތުހުމަތުގައި މިއަހަރުގެ ކުރީކޮޅު ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.