ފ. ނިލަންދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް "ސަން" އަށް ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ އެ ރަށުގެ ހޮޓަލެއްގައި މަސައްކަތް ކުރަން އުޅުނު ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށެވެ.

"އޭނާ ރޭވެސް ހޮޓަލުގައި މަސައްކަތް ކުރިކަމަށް ވަނީ. ދެން ހެނދުނު ގަޑިއަށް ނައިސްގެން ބެލި އިރު އޮތީ މަރުވެފައި." ޖަލީލް ވިދާޅުވި އެވެ.

ޖަލީލް ވިދާޅުވީ އެ ބިދޭސީ މީހާ މަރުވެފައި ވަނީ ގުދުރަތީ މަރަކުން ކަމަށް ވަރަށް ބޮޑަށް ބެލެެވޭ ކަމަށެވެ.

ފުލހުން ބުނީ އެ ހާދިސާ މިއަދު ހެނދުނު 08:07ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަަމަށް ވެސް ފުލުހުން ބުންނެވެެ. އިތުރު ތަފްސީލެއް ނުދެ އެވެ.