14 Aug 2018, 17:25
ޖެނޯއާ (އޮގަސްޓު 14): އިޓަލީގެ ޖެނޯއާގައި މޮޓޯވޭ ބްރިޖެއްގެ ބޮޑުބައެއް ވެއްޓި، 10 މީހަކު މަރުވެއްޖެއެވެ.
ޖެނޯއާގެ ފުލުހުންނާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން ބުރިޖު ވެއްޓުމުގެ ސަބަބުން 20 އުޅަނދަކަށް ގެއްލުން ލިބުނެވެ. އަދި އެމާޖެންސީ ސާވިސެސްއިން މިހާރު ދަނީ ބުރިޖުގެ ބައިތަކުގެ ދަށުވެފައިވާ މީހުން ހޯދަމުން ކަމަށާއި، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައެވެ.
އިޓަލީގެ ނޫހެއްގައިވާ ގޮތުން އެ ބްރިޖުގެ ގާތްގަނޑަކަށް 200 މީޓަރު ވަނީ ވެއްޓިފައެވެ. އަދި ބުރިޖުގެ ގިނަ ބައިތަައް ވެއްޓުނީ އޭގެ ތިރީގައި ހުރި އިމާރާތްތަކާއި ރޭލު ދަގަނޑުތަކުގެ މައްޗަށެވެ.
ރިޕޯޓުތަކުގައިވާ ގޮތުން 90 މީޓަރު އުސް އެ ބްރިޖު އެޅީ 1960ގެ އަހަރުތަކުގައި އެވެ. އަދި 2016 ވަނަ އަހަރު އެ ބްރިޖު ވަނީ މަރާމާތުވެސް ކޮށްފައެވެ.
#14agostoil video del crollo di#PonteMorandia#GenovaPolcevera Morandi@VAIstradeanas@DPCgov@emergenzavvf@Viminale@ComunediGenova@StradeAnaspic.twitter.com/9viaWCfAcu
— Polizia di Stato (@poliziadistato)August 14, 2018