01 Jun 2010, 14:30
19:00
މިނިސްޓަރ އޮފް ސްޓޭޓް، މެދު ޕްރޮވިންސްގެ ނައިބު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބޭފުޅަކު ޢައްޔަން ކުރައްވައިފި އެވެ.
މި މަގާމަށް ޢައްޔަން ކުރެއްވީ، މާފަންނު ގޯލްޑަންޕަރލް އިބްރާހީމް މުޙަންމަދެވެ. މީގެ އިތުރުން، ހެންވޭރު އަވަށު އޮފީހުގެ ކައުންސިލަރގެ މަގާމަށް ހެންވޭރު ވިލުނޫ އަޙްމަދު ސިރާޖު ޢައްޔަނު ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.