14 Aug 2018, 09:35
އީދު ބަންދާ ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުތައް ޗެކު ކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ޚާޢްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
އެމްއެންޑީއެެފް އިން ބުނީ މިއަދު ފެށި އޮޕަރޭޝަނުގެ ދަށުން އުޅަނދުގައި ދަތުރުކުރާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅާފައިވާ ސަލާމަތީ ކަންތައް ބަލާނެ ކަމަށެވެ. އަދި އުޅަނދުގެ ސަލާމަތީ ސެޓްފިކެޓުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
މި އޮޕަރޭޝަނުގެ ދަށުން މާލެއިން ފުރާ އުޅަނދުތަކުގެ އިތުރުން އެމްއެންޑީއެފްގެ އޭރިއާތަކުގެ ރަށްތަކުން ފުރާ އުޅަނދުތަކުގެ ސަލާމަތީކަންކަން ވެސް ބަލަމުންދާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި އޮޕަރޭޝަނަކީ ކޮންމެ އީދު ބަންދަކާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ކަނޑު ދަތުރުކުރާ ދުވަސްވަރަކަށް ވާތީ ދަތުުވެރިންނާއި އުޅަނދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރި ކުރުމަށް ކޯސްޓްގާޑުން ކޮންމެ އީދު ބަންދަކާއި ޗުއްޓީ ގެ ދުވަސްވަރާ ދިމާކޮށް ހިންގާ އޮޕަރޭޝަނެކެވެ.
މި ހަފްތާގެ ހުކުރު ދުވަހުން ފެށިގެން އީދު ބަންދަށް ނުވަ ދުވަހުގެ ޗުއްޓީ އެއް ލިބޭނެ އެވެ.