ކަލާސް ޗެނަލުން ގެނެސްދޭ މުނިފޫހިފިލުވުމުގެ ޝޯ "ބިގް ބޮސް 12" ދައްކާނީ އަންނަ މަހު ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އަންނަ މަހު އެ ޝޯ ދެއްކުމަށް ތައްޔާރުވަމުން އަންނައިރު މީގެ ފުރަތަމަ ޕްރޮމޯ ވަނީ މިހާރު ދައްކާލާފައެވެ. ސަލްމާން ޚާން ހޯސްޓްކޮށްދޭ "ބިގް ބޮސް 12" ދައްކާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޝޯގެ ޕްރޮމޯއިން ފެނިގެންދަނީ ކުލާހެއްގެ ތެރޭގައި ސަލްމާން ޓީޗަރެއްގެ ރޯލު އަދާކުރާ ތަނެވެ.

"ބިގް ބޮސް 12" ތަފާތުވާނެ ކަމަށް މީގެ ކުރިން ވެސް އެ ޓީމުގެ މީހުން ބުންޏެވެ. ޝޯގައި ސެލެބްރިޓީންގެ އިތުރުން އާންމުންގެ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް މިފަހަރުގެ ޝޯ ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އެ ޝޯގައި ބައިވެރިވާ މީހަކާއެކު އޭނާގެ ހާއްސަ އިތުރު މީހަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވެއެވެ.

އެ ބަދަލާއެކު އެ ޝޯއަށް ލިބެމުން އަންނަ ތަރުހީބު ދަނީ އިތުރުވަމުންނެވެ.

އަދި ޝޯގެ ފޯރި އިތުރަށް ގަދަވާނެކަމަށްވެސް ބެލެވެއެވެ. އެ ޝޯއަކީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޝޯއެކެވެ.

ކުޅަދާނަ ބަތަލާ ސަލްމާން ހާން ހޯސްޓްކޮށްދޭ އެ ޝޯގެ ކުރީ ސީޒަން ކާމިޔާބު ކޮށްފައިވަނީ ޝިލްޕާ ޝިންޑޭއެވެ.

"ބިގް ބޮސް"ގެ ޝޯ އެއް ފުރަތަމަ ގެނެސްދީފައި ވަނީ 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިނެއްގައެވެ.