19 Sep 2011, 13:29
ތާވަލްގެ ދެ ވަނަ މަގާމް ހޯދުމުގެ އުންމީދުގައި ނުކުތް ޗެލްސީ ކޮޅަށް މެޗްގެ ފުރަތަމަ ހާފުގައި ޖެހި ތިން ލަނޑާއެކު އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗް 3-1 ލަނޑުން މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބު ކޮށްފި އެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ މެންޔޫއިންނެވެ. މެޗްގެ އަށް ވަނަ މިނެޓްގައި މެންޔޫއަށް ލީޑް ނަގައި ދިނީ ޒުވާން ކުޅުން ތެރިޔާ ސްމަލިން އެވެ. އޭނާ މެންޔޫއަށް ލީޑް ނަގައި ދިނުމުން މެޗްގެ ފޯރި އިތުރަށް ވަރުގަދަވެ، ދެ ޓީމްމުގެ ކުޅުން އިތުރަށް ވަރުގަދަވެ، ދެ ޓީމުން ވެސް ނުރައްކާތެރި އެޓޭކްތަކެއް ދެ ޓީމްގެ ގޯލަށް ކުރަން ފެށިއެވެ.
މެންޔޫ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗްގެ ފޯރި އިތުރަށް ވަރުގަދަވީ، ފޯވާޑް ނާނީ މެންޔޫއަށް މެޗްގެ 37 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ނާނިގެ ލަނޑާއެކު މެންޔޫއިން މެޗްގެ ލީޑް ފުޅާކޮށް، އިދިކޮޅު ޗެލްސީ ކޮޅަށް ކުރަމުންއާ ނުރައްކާތެރި ހަމަލަތަށް އިތުރަށް ވަރުގަދަވެ، ނަތީޖާއަކަށްވީ، ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ހުނަރުވެރި ފޯވާޑް ވޭން ރޫނީ މެންޔޫއަށް ލަނޑެއް ޖަހާދިނުމެވެ.
މެޗްގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، 3-0 ލަނޑުން ލީޑް ހޯދި މެންޔޫކޮޅަށް ޗެލްސީން ޖެހި ހަމައެކަނި ލަނޑު އެޓީމުން ޖަހާފައި ވަނީ މެޗްގެ ދެ ވަނަ ހާފުގައެވެ. އެލަނޑު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ފެނާންޑޯ ޓޮރޭސް އެވެ. އެލަނޑާއެކު ޓޮރޭސް ވަނީ އޭނާއަށް ކުރިމަތިވެފައިވާ ލަނޑު ނުޖެހުމުގެ ސިލްސިލާ ނިންމާލައިފަ އެވެ.
ދެ ވަނަ ހާފުގައި މެންޔޫއަށް އިތުރު ލަނޑެއް ކާމިޔާބުކުރުމުގެ ރަނުގެ ފުރުޞަތެއް ލިބި ވަނީ ގެއްލިފައެވެ. އެއީ މެޗްގެ ދެ ވަނަ ހާފުގައި މެންޔޫއަށް ލިބުނު ޕެނަލްޓީ ރޫނީ ބޭކާރުކޮށްލުމުންނެވެ.
ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ރޫނީ އަށް މެޗްގައި ލިބުނު ކަމުގައި ވިޔަސް، އޭނަގެ ނުރައްކާތެރި ދެ ތިން ހަމަލައެއް ރޭ ވަނީ ޗެލްސީގެ ގޯލްދަނޑިއާ އަމާޒުވެފައެވެ،. ޗެލްސިއަށް ވެސް ލަނޑުޖަހާ މެންޔޫއާ އަރާ ހަމަހަމަ ކުރުމުގެ ރަނުގެ ފުރުޞަތުތަކެއް ފޯވާޑް ޓޮރޭސްއަށް ވަނީ ލިބިފައިވެއެވެ. އެގޮތުން މެޗް ނިމެން އުޅެނިކޮށް މެންޔޫގެ ގޯލްކީޕަރު ކާރިން ނައްޓާކުމަށްފަހު ހުސްކޮށް ގޯލްޖަހަން ލިބުނު ފުރުޞަތުވެސް ޓޮރޭސް ޖެހީ ގޯލްގެ އެއް އަރިމަތިން ބޭރަށެވެ.
ރޭގެ މޮޅާއެކު މެންޔޫ ތާވަލްގެ އެއްވަނާގައި 15 ޕޮއިންޓާއެކު އޮތް އިރު، މެޗުން ބަލިވި ޗެލްސީ އޮތީ 10 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނާގައެވެ. އަދި 13 ޕޮއިންޓާއެކު ތާވަލްގެ ދެ ވަނާގައި އޮތީ ސިޓީއެވެ.