ސިނަމާލެ ބްރިޖާ ގުޅުވައިގެން ހަދާ ހުޅުލެ-ހުޅުމާލެ ލިކްކް ރޯޑުގެ 82 ޕަސެންޓް މަސައްކަތް ނިންމާލެވިފައިވާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީ އިން ބުނީ ހުޅުލެ-ހުޅުމާލެ ލިންކް ރޯޑާއެކު ލިންކް ރޯޑާ ގުޅިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަގު ފުޅާ ކުރާނެ ކަމަށެވެ.

ހައިވޭގެ މަސައްކަތް ކުރަނީ ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖިނިއަރިން ގްރޫޕާ ހަވާލުކޮށްގެންނެވެ. ހުޅުލެ-ހުޅުމާލެ ލިންކް ރޯޑަކީ ހަތަރު ކިލޯމީޓަރުގެ ހައިވޭ އެކެވެ. މި މަހުގައި އެއްގަމު އުޅަނދުތައް ދުއްވުމަށް ހަތަރުލޭން ހަދާނެއެވެ.

އެޗްޑީސީ އިން ބުނީ ކުރިއަށްއޮތްތަނުގައި ހުޅުމާލެގެ އާބާދީ ދެލައްކަ ސާޅީސް ހާހަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށާއި ބޮޑު އާބާދީ އަކަށް ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ފެރީ ނިޒާމެއްގެ އިތުރުން އެއްގަމު ދަތުރުގެ ނިޒާމެއްވެސް ގާއިމް ކުރުން މުހިއްމު ކަމަށެވެ.

ސިނަމާލެ ބްރިޖާ ގުޅުވައިގެން ހަދާ މި މަގުތައް ބްރިޖާއެކު ނިންމާލާނެކަމަށް އެޗްޑީސީ އިން ބުނެއެވެ.

ބްރިޖާ ގުޅިގެން މާލޭގައި ހަދާ މަގުތަކުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.