ހއ. އިހަވަންދޫ ސްކޫލްގެ ސްޕަވައިޒަރު އެ ސްކޫލް ކުދިންތަކަކާ ބަދުއަޚްލާގީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އިހަވަންދޫން ބަދުއަޚުލާގީ މައްސަލައެއްގެ ތުހުމަތުގައި 46 އަހަރުގެ މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެ އިތުރު ތަފްސީލެއް ނުދެއެވެ.

އިހަވަންދޫން ސަންއަށް މައުލޫމާތު ދިން މީހަކު ބުނީ އެ ރަށު ސްކޫލްގައި ކިޔަވާ ކުޑަ ދެ އަންހެން ކުއްޖަކާ ބަދުއަޚުލާގީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި އެ ރަށު ސްކޫލްގެ ސްޕަވައިޒަރު އާދަމް މޫސާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ގުރޭޑް 12 އާ ހަމައަށް ކިޔަވައިދޭ އިހަވަންދޫ ސްކޫލްގެ ސުޕަވައިޒަރު އާދަމް މޫސާ އަކީ ޕްރައިމަރީ ގްރޭޑް ކްލާސްތަކުގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރެކެވެ.