Back
Nov 24, 2025 SUN
SUN

ކެމިކަލްއެއް ބޭނުންކުރާތީ ތާރު އަޅާ ސަރަހައްދު ބޭނުން ނުކުރަން އިލްތިމާސްކޮށްފި

ކެމިކަލްއެއް ބޭނުންކުރާތީ ތާރު އަޅާ ސަރަހައްދު ބޭނުން ނުކުރަން އިލްތިމާސްކޮށްފި
Lead photo

މާލޭ ރިންގް ރޯޑު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގުގައި ތާރު އެޅުމުގެ މަސައްކަތުގައި ކެމިކަލްއެއް ބޭނުންކުރަމުން ގެންދާތީ، ތާރު އެޅުމުގެ މަސައްކަތް ހިނގަމުންދާ މަގުތައް ބޭނުން ނުކުރުމަށް ހައުސިންގް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ބޮޑުތަކުރުފާނުމަގުގައި ތާރު އެޅުމަށްޓަކައި އެގްރިގޭޓު ބޭސް ކޯސް (އޭބީސީ) ލޭޔަރު އެޅުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް ދާ އިރު، އެއާ އެކު އޭބީސީ ލޭޔަރަށް ކެމިކަލްއެއް ޖެހުމުގެ މަސައްކަތްވެސް ކުރަމުން ދެއެވެ.

ހައުސިންގް މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހްމަދު ފަޒާލް ހުސައިން "ސަން"އަށް ވިދާޅުވީ ބައެއް ފަރާތްތަކުން އެ ސަރަހައްދުގައި ހިނގާބިނގާ އުޅޭ ކަމަށާއި، އަދި ބައެއް އުޅަނދުތައްވެސް މިހާރު ދުއްވަމުން ގެންދާ ކަމަށެވެ.

އޭބީސީ ލޭޔަރަށް ޖަހަމުންދާ ކެމިކަލްގައި އުނދަގޫވާ ފަދަ ވަހެއް ހުންނާނެތީ، އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށާއި، މަގުގައި މަސައްކަތް ކުރަމުންދާ ސަރަހައްދުތަކުގައި ހިނގާބިނގާވެ ނޫޅުމަށާއި، އުޅަނދުފަހަރުވެސް ނުދުއްވުމަށް ހައުސިންގް މިނިސްޓްރީން އިލްތިމާސްކުރާ ކަމަށް ފަޒާލް ވިދާޅުވިއެވެ.

ފަޒާލް ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ބޮޑުތަކުރުފާނުމަގުގައި ތާރު އެޅުމުގެ މަސައްކަތް ނިންމައި، އެ މަގު އާންމުންނަށް ބޭނުންކުރުމަށް އަނެއްކާވެސް ހުޅުވާލާނެ ކަމަށެވެ.

ފަޒާލް ވިދާޅުވީ މަގު ބަންދުކޮށްގެން މަސައްކަތްކުރަމުން ގެންދާ އިރު، އާންމުންނަށް ދަތިތައް ދިމާވާނެކަން މިނިސްޓްރީއިން ގަބޫލުކުރާ ކަމަށާއި، އެހެން ނަމަވެސް އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ހަމައަށް މަގު ފުޅާކޮށް ތާރު އަޅައިގެން އަލުން އެ މަގު ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަމުންދާ އިރު، މާލެއާއި ހުޅުލެއާ ދެމެދު އަޅާ ސިނަމާލެ ބްރިޖު ނިމި، ހުޅުވެންވާއިރަށް މަގު ހެދުމުގެ މަސައްކަތް ނިމޭނެ ކަމަށް އެ ހައުސިންގް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ބޭރުމަގުގެ ބޮޑުބައެއްގައި ތަޅާލައި ފުޅާކޮށް ވަނީ ނިމިފައެވެ. އަދި އާޓިފިޝަލް ބީޗު ސްޓޭޖު ވެސް ރޫޅާލައި ތަޅާލައިފައިވާ އިރު، ބޭރު މަގުގައި ހުރި ބޮޑެތި ގަސްތައް ވެސް ވަނީ ކަނޑާލައިފައެވެ. ނަމަވެސް މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މަގުގެ ދެ ފަރާތުގައި ގަސް އިންދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics