11 Aug 2018, 13:08
ހުޅުލޭގައި އަލަށް ކެނޑި ނެރުން ފެރީ ދޯންޏެއް ވަންނަން އުޅުމުގެ ތެރޭގައި ނެރުގެ ފައިކައްޓަށް އަރައި، ދޯނި އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 04:55 ގައި ކަމަށާއި ނެރުގެ ފައިކަށްޓަށް އަރާފައި ވަނީ "ރަންދެލި" ނަމަކަށް ކިޔާ، ހުޅުލެ އާއި މާލެއާ ދޭތެރޭ ދަތުރުކުރާ ފެރީއެއް ކަމަށެވެ. އެ ވަގުތު ދޯނީގައި ތިން ފަޅުވެރިން ތިބިއިރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
ނެރު ފައިކަށްޓައް އެރުމުގެ ސަބަބުން ވަނީ ދޯނީގެ ދިރުބާ ކޮޅުން ތަންގަޑެއް ނެއްޓި ގެއްލުންތަކެއް ލިބި ދިޔަވާން ފަށާފައެވެ. އަދި ދޯނި އަޑިއަށް ގޮސްފައިވަނީ ހުޅުލޭ ފަޅުތެރޭގައި ހުންނަ ޖޭޓީއަށް ކައިރި ކުރި ފަހުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ހުޅުމާލެ ނެރަށް ރޭ އެރި ފެރީ އަޑިއަށް ގޮސްފައި --- ފޮޓޯ: އެމްއެންޑީއެފް
"ފަތިހުން ފެށިގެން އެމްއެންޑީއެފްގެ ޑައިވަރުން އަންނަނީ އެ ދޯނި ކައިރީގައި ހަކަރާތްތެރިވަމުން. ދޯނީގެ ވެރި ފަރާތުން ފީފާ ހޯދިހާ އަވަހަކަށް ފެނުނުން މައްޗަށް ނެގުމުގެ މަސައްކަތް ފެށިގެން ދާނެ،" އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިޝަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވިއެވެ.
ހުޅުލޭ ހުޅަނގު ދެކުނުން ފަޅަށް ފެރީތައް ވަންނަ ދިމާ ހިއްކުމުގެ މަސައްކަތް ފެށުމަށް، ހުޅުލޭ ފަޅަށް ވަދެވޭ ގޮތަށް އާ ނެރެއް މިހާރު ކަނޑައިފައެވެ. ހުޅުލެއަށް ވަނުމަށް އަލަށް ނެރު ހަދާފައި ވަނީ ފެރީ ދޯނިތައް މިހާރު ކައިރީކުރާ ޖެޓީގެ ކުރިމަތިންނެވެ.