11 Aug 2018, 11:01
ވޮޝިންޓަން (އޮގަސްޓު 11): އެމެރިކާގެ ސީއެޓުލް ޓަކޯމާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮންޓްރޯލު ޓަވަރުގެ ހުއްދައާ ނުލައި އުދުއްސާލި މަތިންދާބޯޓެއް ވެއްޓިއްޖެ އެވެ.
ސީޓެކް އެއާޕޯޓުން ބުނި ގޮތުގައި އެއާލައިނެއްގެ މުވައްޒަފަކު ވަނީ އެއްވެސް ފަސިންޖަރަކު ނެތް މަތިންދާބޯޓެއް ހުއްދައާ ނުލައި އުދުއްސާލައިފަ އެވެ. އަދި ފަހުން އެބޯޓު ވަނީ ކަނޑަށް ވެއްޓިފަ އެވެ.
އެއީ ކޮން އެއާލައިނަކަށް ނިސްބަތްވާ މުވައްޒަފެއް ކަމެއް އަދި އޭނާގެ ހާލަތާ ބެހޭ ގޮތުން އެއާޕޯޓުން ވަކި އެއްޗެކޭ ނުބުނެ އެވެ.
ނަމަވެސް އަލަސްކާ އެއާލައިނުން ވަނީ އެއީ ހޮރައިޒަން އެއާ ކިއު400 މަރުކާގެ ބޯޓެއް ކަމަށް ބުނެފަ އެވެ.
ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެމަތިންދާބޯޓު އުދުއްސާލީ ހޮރައިޒަން އެއާގެ މެކޭނިކެވެ. އަދި ބޯޓު ވެއްޓުނީ އޭނާ މަތީގައި 'ސްޓަންޓު ޖައްސަން' މަސައްކަތް ކުރުމުން ކަމަށް ބައެއް ރިޕޯޓުތަކުގައިވާ އިރު އެހެން ރިޕޯޓުތަކުގައިވާ ގޮތުން އޭނާ ފްލައިޓު ވަގަށް ނެގީ އަމިއްލައަށް މަރުވުމުގެ ގޮތުންނެވެ.
އެހާދިސާއަށް ފަހު ސީޓެކް އެއާޕޯޓުން ވަނީ އަނެއްކާ ވެސް ދަތުރުތައް ފަށައިފަ އެވެ.
#BREAKINGAlaska Airlines says it is aware of an incident involving an unauthorized take-off of a Horizon Air plane from Seattle-Tacoma International Airport. This video was taken by a woman who lives south of the airport. She says this is the plane. (Courtney Jensen Junka)pic.twitter.com/Zh3E4aGfSk
— Fox26 News (@KMPHFOX26)August 11, 2018