09 Aug 2018, 15:35
އޭޑީކޭ ޖެނަރަލް ޓްރޭޑިން (އޭޑީކޭ ޖީޓީ) އިން ތަފާތު އިނާމަކާ އެކު ފޯރި ގަދަ "ލައިކް އެންޑް ޝެއާ" ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަނުގައި، ބައިވެރިވެވޭނީ އޭޑީކޭ ޖީޓީގެ ފޭސްބުކް ޕޭޖަށް ލައިކް ކުރުމަށް ފަހު، ޕްރޮމޯޝަން ޕޯސްޓް ޝެއާ ކުރުމުންނެވެ.
ޕްރޮމޯޝަނުގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް އީދު ދުވަދު އުލްހިޔާ ކަތިލަން ބަކަރިއެއްގެ އިތުރުން، އޭޑީކޭ ޖީޓީން ރާއްޖެއަށް އެތެރެކޮށް މާކެޓް ކުރާ މާސްޓާ ޝެފް ސުޕާ ކާނަލް ބާސްމަތީ ބްރޭންޑްގެ ފަސް ކިލޯގެ ހަނޑޫ ޕެކެޓެއް ލިބޭނެއެވެ.
އޭޑީކޭ ޖީޓީން ބުނީ، ޕްރޮމޯޝަނުގެ ގުރު ނެގުން އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. ކަލަންޑަރުގައިވާ ގޮތަށް ހައްޖުމަހުގެ ފުރަތަމަ ދުވަސް މި މަހުގެ 12 ވަނަ ދުވަހަށް ވެއްޖެ ނަމަ، ހައްޖު ދުވަސް ވާނީ 20 ވަނަ ދުވަހަށެވެ. އަދި އީދު ދުވަސް ވަނީ ޖެހިގެން އަންނަ 21 ވަނަ ދުވަހަށެވެ.
ގުރުއަތުން ހޮވޭ މީހަކަށް ބަކަރިއާއި އެކު ލިބޭ މާސްޓާޝެޕް ބްރޭންޑްގެ ހަނޑުލަކީ ދިވެހިންނާ ގުޅޭގޮތަށް ދިވެހިންނަށް ހާއްސަކޮށް އުފައްދާފައިވާ ހަނޑުލެއް ކަމަށް އޭޑީކޭ ޖީޓީން ބުނެއެވެ.