18 Sep 2011, 20:32
މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީއާ ގުޅޭގޮތުން މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށްގެން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހިންގާ މައުލޫމާތު ދިނުމުގެ ހާއްސަ ޕްރޮގްރާމްގައި ރަޖިސްޓާ ކުރުމުގެ ފުރުސަތު އެ އޮތޯރިޓީން ހުޅުވާލައިފި އެވެ.
މީރާގެ ވެބްސައިޓުގައި މިހާރުވަނީ އެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ފޯމް ޑައުންލޯޑް ކުރެވޭ ގޮތަށް ހަދާފަ އެވެ. އެ އޮތޯރިޓީން ބުނީ މީރާގެ ހޮޓްލައިންއަށް ގުޅައިގެން ނަންނޯޓްކުރާ ފަރާތްތަކައް ވެސް އެ ފުރުސަތު ހުޅުވާލާފައި ވާކަމަށެވެ.
މީރާއިން މިހާރު ވެސް އަންނަނީ ވިޔަފާރިތަކަށްވަދެ އެ ތަންތަން ޖީއެސްޓީއަށް ތައްޔާރުކުރުމަށް ވާންޖެހޭ އިންސްޕެކްޝަންތައް ކުރިއަށް ގެންދަމުންނެވެ. ޖީއެސްޓީގެ ކުރިން ވިޔަފާރިތަށް ތައްޔާރުވެފައި ހުރިތޯ ބެލުމަށް ހިންގާ އިންސްޕެކްޓް ޕްރޮގްރާމުގައި ވެސް ވޮލަންޓްރީކޮށް ވިޔަފާރިތަކަށް ބައިވެރިވެވޭ ގޮތަށް ވަނީ މީރާގެ ވެބްސައިޓުގައި ވަނީ ހަމަޖައްސައިފަ އެވެ.