09 Aug 2018, 13:04
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރިޔާސީ އިންތިހާބުގެ ކެމްޕެއިން އެޖެންޓަކަށް މިފްކޯގެ މެނޭޖިންގް ޑިރެކްޓަރު އަދުލީ އިސްމާއިލް ހަމަ ޖައްސައިފި އެވެ.
މިއަދު ރައީސް ޔާމީންގެ ކެންޑިޑެންސީ ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ. ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ރަސްމީ ކެމްޕެއިން އެޖެންޓަކީ އަދުލީ އިސްލާއިލް ކަމަށެވެ.
ޕީޕީއެމުން ކުރިއަށް ގެންދާ ރީ ރެޖިސްޓްރޭޝަން ކަންތައްތަކުގައި ރައީސް ޔާމީން އޮފީހުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ވެސް އަދުލީ އެވެ.
ރައީސް ޔާމީންގެ ކެންޑިޑެންސީ މިއަދު ހުށަހަޅުއްވަން އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަތީ ޕީޕީއެމްގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އަދުލީ އެވެ.
ރައީސް ޔާމީން ވޭތުވެ ދިޔަ ތިން ދުވަހު އުޅުއްވީ ކެމްޕެއިން ދަތުރުފުޅެއި ގދ. އަތޮޅުގަ އެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތީ މިއަދު އެވެ.