09 Aug 2018, 13:50
ތ. އަތޮޅު ބުރުންޔަށް ނިސްބަތްވާ ޒުވާނުންތަކެއް އެމްޑީޕީދޫކޮށް ޕީޕީއެމްއަށް ސޮއި ކޮށްފި އެވެ.
ރޭ މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމްއަށް ސޮއި ކުރީ ބުރުންޔަށް ނިސްބަތްވާ 18 ޒުވާނުންނެވެ. އޭގެ ތެރެއިން އަށް ޒުވާނުންނަކީ މީގެ ކުރިން އެމްޑީޕީގެ މެމްބަރުންނެވެ.
ރޭ މުލިއާގޭގައި ބޭއްވި ރަސްމިއްޔާތުގައި އެ ޒުވާނުން ޕީޕީއެމްއަށް ސޮއި ކުރި އިރު އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ޒުވާނުންގެ ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ މެޑަމް ފާތުންނެވެ.
ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބު ކައިރިވަމުންދާ އިރު ރައީސް ޔާމީން ވަނީ އިންތިހާބަށް ކެމްޕެއިން ފައްޓަވައިފަ އެވެ.