09 Aug 2018, 13:01
ކުޅަދާނަ އަދި މަޝްހޫރު ޓީވީ އެކްޓަރެސް އެކްތާ ކައުލް އާ ބޮލީވުޑްގައި މަސައްކަތް ކުރަމުން އަންނަ ތަރި ސުމީތް ވިޔާސް ލޯބީގެ ގޮތުން އުޅުމަށްފަހު އެދެމީހުން މިހާރު ވަނީ އެންގޭޖް ވެފައެވެ. ކައިވެނީގައި ގޮށް ޖަހާލާނެ ތާރީހަކަށް ގިނަ ބަޔަކު ތިބީ އިންތިޒާރު ކޮށްގެންނެވެ.
ހަބަރުތައް ލިބިފައިވާ ގޮތުން އެ ދެ ތަރިންގެ ކައިވެނި އަންނަ މަހުގެ ފަނަރަ ވަނަ ދުވަހު ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ނަމަވެސް އަދި ކައިވެނީގެ ހަފްލާ ބާއްވާނީ ކޮންތާކު ކަމެއް އިއުލާން ކޮށްފައެވެ ނުވެއެވެ.
އެކްތާ އާއި ސުމިތު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާން ކުރުމަށްފަހު އެދެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް މައުލޫމާތުތައް ހިއްސާކުރަމުން އަންނަ އިރު، ދެމީހުންގެ ކައިވެނީގެ ހަފްލާއަށް ދައުވަތު ދޭނީ ހަމަ އެކަނި ދެފަރާތުގެ އާއިލާގެ އިތުރުން ރަށްޓެހިންނަށް ކަމަށް ވެސް އަންނަނީ ހަބަރުތައް ފެތުރެމުންނެވެ.

ސުމިތު އޭނާގެ ލޯބިވެރިޔާ އެކްތާ އާޢެކު އިންސްޓާ ގްރާމްގައި ޕޯސްޓުކޮށްފައިވާ ފޮޓޯ އެއް....
އުމުރުން 28 އަހަރުގެ އެކްތާގެ މިއީ އަލަތު ކައިވެންޏެވެ. ނަމަވެސް ސުމީތު ކުރިން ވަނީ ކައިވެންޏެއްކޮށް އެ ކައިވެނި ރޫޅާލައިފައެވެ. ސުމީތު ކުރިން ކައިވެނި ކޮށްފައިވަނީ ޓީވީ އެކްޓަރެސް ޝިވާނީ ޓޭންސާލް އާއެވެ. އެދެމީހުންގެ ކައިވެންޏަށް ދަރިޔަކު ލިބިފައެއް ނުވެއެވެ.
މޮޑެލް އެއްގެ ގޮތުގައިވެސް މަޝްހޫރު ވެފައިވާ އެކްތާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސްޓާ ޕްލަސްއިން ދެެއްކި ޑްރާމާ "މޭރޭ އަންގް ނޭމޭ"އިންނެވެ. އަދި ސުމިތު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ވީރޭ ޑި ވެޑިން" އިންނެވެ.