09 Aug 2018, 13:23
ރިޔާސީ އިންތިޚާބުގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވަން ޕީޕީއެމްގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިލެކްޝަންސް ކޮމިޝަނަށް ވަޑައިނުގެންނެވުނީ ދަތުުރުތަކުގައި ބުރަކޮށް އުޅުއްވާތީ ކަމަށް ރައީސްގެ ފަރާތުން ފޯމު ހުށަހަޅުއްވަން އިލެކްޝަންސް އަށް ވަޑައިގެންނެވި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ފޯމު ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ފެބްރުއަރީ އެއް ވަނަ ދުވަހު ހިނގައި ދިޔަ ކަންތައްތަކަށް ފަހު އޭރު ރާއްޖެތެރެއަށް ކުރައްވަން އޮތް ދަތުރުފުޅުތައް ފަސްކުރައްވަން ޖެހިވަޑައިގަތުމުން މިހާރު އުޅުއްވަނީ އެ ދަތުރުފުޅުތަކުގައި ވަރަށް އަވަދިނެތި ކަމަށެވެ.
"ރައީސް މިހާރު ވެސް ދަތުރުފުޅެއްގައި އުޅުއްވަނީ. އެހެންވެ ރައީސް ރަށުގައި ވެސް ވަޑައިގެން ނޫޅުއްވާތިއްޔާ އެކީގައި ރައީސް އާ ރަނިންމޭޓުގެ އިިޒުނަޔާ އެކު ޕާޓީގެ ފަރާތުން ނިންމާފައި ވަނީ އިންތިހާބުގެ އެޖެންޓާއި ޕާޓީގެ ނައިބު ރައީސްގެ ހައިސިއްޔަތުން އަޅުގަނޑާއި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މިކަން ކުރާގޮތަށް،"
އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހްގެ ކެންޑިޑެންސީ ހަވާލުކުރުމަށް ގިނަ ސަޕޯޓަރުންނާ އެކު ދިޔަ މޭރުމުން ޕީޕީއެމްގެ އެފަދަ ހަރަކާތެއް ނުފެނުނީ ކީއްވެތޯ ސުވާލު ކުރުމުން ޒަމީރު ވިދާޅުވީ އެފަދަ ހަރަކާތެއް ހިންގުމަށް ޕީޕީއެމްގެ ގިނަ ސަޕޯޓަރުން އެދުނު ކަމަށެވެ. ނަމަވެސް މާލޭގެ މަގުތައް ފުރި، ތޮއްޖެހުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތައް ދިމާވެދާނެތީ އެފަދަ ހަރަކާތެއް ނުހިންގީކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް ޒަމީރު ވިދާޅުވީ ޕީޕީއެމްގެ ކެމްޕެއިން ހަރަކާތތައް ގާނޫނު ތަންދޭ އެންމެ ފުޅާ މިނެއްގައި ކުރިއަށްގެންދާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަަށް ފޯމު ހުށަހަޅާފައި ވަނީ ތިން ފަރާތަކުންނެވެ. އެއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އާއި އަމިއްލަ ގޮތުން އިންތިޚާބަށް ވާދަކުރައްވާ އިތުުރުން އެވެ.