09 Aug 2018, 12:36
ދިހަ އަހަރަށްފަހު ބޮލީވުޑްގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ދޯސްތާނާ"ގެ ސީކުއަލްއެއް ހަދަން ނިންމައިފިއެވެ.
ތަރުން މަންސުހާނީ ޑައިރެކްޓްކޮށް، ކަރަން ޖޯހަރު ޕްރޮޑިއުސްކުރި އެ ފިލްމުގައި ހަރަކާތްތެރިވި ތަރިންނަކީ އަބީޝޭކް ބައްޗަން، ޕްރިޔަންކާ ޗޯޕްރާ އަދި ޖޯން އަބްރަހަމް އެވެ.
މި ތިން ތަރިން ފިލްމުގެ ފުރަތަމަ ބައިން ފެނުނު ނަމަވެސް ސީކުއަލްގައި ފެނިގެންދާނީ އެ ތަރިން ނޫންކަމަށް ބޭރުގެ ޚަބަރުތައް ބުނެއެވެ.
ރޮމޭންޓިކް ކޮމެޑީ ޖޯންރާއަށް ތައްޔާރުކުރި އެ ފިލްމުގެ ސީކުއަލްގެ ސްކްރިޕްޓްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އަންނަ އަހަރު ފިލްމު ނެރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ފިލްމުގެ ސީކުއަލްއަށް ބޭނުންވަނީ ބޮލީވުޑަށް މުޅިން އާ ތަރިން ކަމަށް ވެސް ކަރަން ބުނެފައިވެއެވެ.
ކަރަން އަންނަނީ ބޮލީވުޑަށް ގިނަ އާ ތަރިންތަކެއް ނެރެމުންނެވެ.