09 Aug 2018, 10:45
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ދާދި ދެންމެއަކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންއާއި ހަވާލުކޮށްދެއްވީ ޕީޕީއެމްގެ ފަރާތުން އެޕާޓީގެ ނައިބު ރައީސް، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ފޯމާ ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފެވެ.
ކެންޑިޑެސީ ފޯމު ހަވާލުކުރެއްވުމުގެ ކުރިން ޕީޕީއެމްގެ ނައިބުރައީސް މޫސާ ޒަމީރު ވިދާޅުވީ ކެންޑިޑޭޓާއި ނައިބު ރައީސް ހޮވި ގޮތުގެ ތަފްސީލު އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާނެ ކަމަށެވެ.
އެޕްލިކޭޝަން ފޯމު ބަލައިގަތުމަށްފަހު ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކުރިއަށް އޮތް 48 ގަދިއިރު ތެރޭ ފޯމާމެދު ގޮތެއް ނިންމައި އެކަން އަންގަވާނެ ކަމަށެވެ.
މިހާތަނަށް ތިން ކެންޑިޑޭޓަކު ފޯމު ހުށަހަޅުއްވާކަން ފާހަގަކުރައްވާ ޝާރީފް ވިދާޅުވީ މާދަމާ ހަތަރެއް ޖަހާއިރު އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނެ ކަމަށެވެ.
"ފޯމު ގެންދަވާފައި އެބައޮތް ހަތް ފަރާތަކުން. އިތުރު ފަރާތްތަކަކުން ފޯމު ލިބޭނެކަމަށް އުންމީދުކުރަން،"
ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން އޮންނާނީ މިމަހުގެ 18ވާ ހޮނިހިރު ދުވަހުއެވެ.
ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބަށް މިހާތަނަށް ފޯމު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އާއި އަމިއްލަ ގޮތުން އިންތިޚާބަށް ވާދަކުރައްވާ ވެ.