މިހާރު މި ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ އެންމެ ހޫނު ވެފައިވާ ހަބަރަކީ ފިލްމީ ތަރި މަރިޔަމް އައްޒައާއި ޑައިރެކްޓަރު އަދި އެކްޓަރު އަބްދުﷲ މުއާޒު (މުއާ)ގެ ދެމެދުގައިވާ ހާއްސަ ގުޅުމުގެ ވާހަކައެވެ. ދެތަރިން އެކުގައި ފެންނަލެއް ގިނަވީއެވެ. ސޯޝަލް މީޑިއާގައިވެސް މި ދެ ތަރިން އެކުގައި އުޅޭ ވާހަކަ ދައްކާލެއް ގިނަވީއެވެ.

އައްޒައާއި މުއާ އުޅެނީ "ރިލޭޝަންޝިޕް" އެއްގައި ކަމެއް އަދި ވަނީ ޔަގީން ނުވެފައެވެ. އެނގޭހާ ވެސް އެއްޗަކީ އެ ދެ ތަރިން އެކުގައި އުޅޭލެއް ގިނަ ވެފައި ވާކަމެވެ. އެ ދެމީހުންގެ ވާހަކަ ހޫނުވެފައިވާ ދަނޑިވަޅެއްގައި އެ ވާހަކަ އިތުރަށް ހޫނު މިވަނީ މުޢާއެއީ ހަމަ "ޕާފެކްޓްލީ ޕާފެކްޓް" ކަމަށް އައްޒަ ބުނުމުންނެވެ.

އައްޒަ މިހެން ބުނެފައިވަނީ އައިސް ޓީވީން ރޭ ދެއްކި "މީހުންގެ ވާހަކަ"ގައި ޕްރެޒެންޓަރ ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

"އެންމެ ކަމުދާ މީހާގެ ވެސް ރަނގަޅު ކޮށްލަން ޖެހޭނެ ކަންކަން ހުރޭ. މުއާގެ ކިބައިން ފާހަގަވާ އެކަހަލަ ކަމެއް" ބުނާށޭ ބުނުމުން، އައްޒަ ބުނީ 'ހީ އިޒް ހަމަ ޕާފެކްޓްލީ ޕާފެކްޓް' ކަމަށެވެ. ކޮންމެއަކަސް މިހާރު އައްޒައަށް މުއާގެ ކިބައިގައި ކަމުނުދާ ސިފައެއް ނެތީތާއެވެ.

މުއާ އާޢި އައްޒަ އެކުގައި ފަހަކުން ނަގާފައިވާ ފޮޓޯ އެއް....

އެ ޝޯވގައި ވާހަކަ ދައްކަމުން އައްޒަ ބުނީ މުއާ މިހާރު ވަރަށް ގާތް ކަމަށާއި، އޭނާ އަކީ ވަރަށް 'ލޯބި ކަންތައް' ކުރާ މީހީހެއް ކަމަށެވެ. އޭގެ އިތުރުން މުއާއަކީ މީހުންގެ ވާހަކަ ނުދައްކާ، ވަރަށް ރަނގަޅު މީހެއް ކަމަށް ވެސް އަައްޒަ ބުންޏެވެ.

އައްޒަ ބުނީ، މުއާއާއެކު ގާތްކޮށް އުޅޭތަން ފެންނާތީ މީހުން ވަރަށް ސުވާލުކުރާ ކަމަށާއި ނަމަވެސް އޭނާ އެއީ ހަމަ ވަރަށް ކްލޯޒް މީހެއް ކަމަށެވެ. ރަށްޓެހިވެގެންތޯ އެއް ނުވަތަ ނޫންތޯއެއް އަދި އައްޒަ ނާންގައެވެ. ފަހަރުގައި އަދިވެސް ސިއްރު ކުރަން ބޭނުންވަނީއެވެ.

އައްޒަ އާއި މުއާ "ލީނާ" ގެ ޝޫޓިންގައި ނަގާފައިވާ ފޮޓޯ އެއް....

އެ ޝޯވގައި އިތުރަށް ވާހަކަ ދައްކަމުން އައްޒަ ބުނީ، އައްޒަ އާއި އޭނާގެ ކުރީގެ ފިރިމީހާ އިސްމާއިލް ޖުމައިހް (ޖުމާ)ގެ ކައިވެނި ރޫޅުނީ މުއާގެ ސަބަބުން ނޫން ކަމަށެވެ. އަދި މުއާ އާއި ޝާޔަންގެ ކައިވެނި ނިމުމަކަށް އައީވެސް އައްޒަގެ ސަބަބުން ނޫން ކަމަށް އަައްޒަ ބުންޏެވެ. އޭނާ ބުނީ، މީހުން ތަފާތު ގޮތް ގޮތަށް ވާހަކަ ދެއްކި ނަމަވެސް އެމީހުންގެ ވަރި ތަކުގައި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ހަމަ އެންމެން ވެސް ވަރަށް އެކުވެރި ކަމަށާއި ނަމަވެސް ކުރިން އޮތް ގާތް ގުޅުން ޖުމާއާ ދޭތެރޭ ނެތް ކަމަށެވެ.

މި ފަހަކަށް އައިސް އައްޒައާއި މުއާގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ވާހަކަ ބޮޑަށް ދެކެވެން ފެށީ މުއާގެ އިންސްޓަގްރާމުގައި ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއްގެ ކެޕްޝަންގައި 'އައި ލަވް ޔޫ އައްޒަަ" ޖަހާފައި އޮތުމުންނެވެ. އަދި ދާދި ފަހުން މުއާ ވަނީ އޭނާގެ ފޭސްބުކް ސްޓޭޓަސްގައި 'ހެޕީ އެއިޓް މަންތްސް، އައި ލަވްޔޫ" އޭ ޖަހައި އައްޒައަށް ޓެގުވެސް ކޮށްފައެވެ. އޭގެ ފަހުން ދެތަރިން އެކުގައި ފެންނަލެއް ވެސް ޔަގީނުން ގިނަ ވެއްޖެއެވެ.

މުއާ އޭނާގެ އިންސްޓާ ގްރާމުގައި ޕޯސްޓު ކޮށްފައިވާ ފޮޓޯ....

އައްޒަ ތަންކޮޅެއް ކުރިން މުއާ އާއެކު ފިލްމީ ދާއިރާއިން ފެނިގެން ގޮސްފައި ވިޔަސް މިދެތަރިން އެކުގައި އެއް ފިލްމަކުން ފެންނާނީ މުއާގެ ކުރިޔަށް އޮތް ފިލްމު "ލީނާ" އިންނެވެ. މި ފަހަކުންވެސް އައްޒަ ވަނީ މުއާއެކު އިތުރު މަސައްކަތެއް ވެސް ފަށާފައެވެ.

މިއަހަރަކީ ވެސް އައްޒައަށް ބިޒީ އަހަރެކެވެ. ގިނަ ފިލްމު ތަކެއްގެ މަސައްކަތް ހުރި އަހަރެކެވެ. މިދުވަސްކޮޅު އައްޒަ ހޭވައްޓާލާފައި އުޅެނީ ކޮންމެވެސް ފިލްމެއްގެ ޝޫޓިންގައެވެ. ލަފާ ކުރެވެނީ މުއާ އާއެކު ކަމަށެވެ.