08 Aug 2018, 22:54
ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ނޭހާ ދުފިއާ އާއި އޭނާގެ ފިރިމީހާ އަންގަދު ބޭޑީގެ ޗުއްޓީ ރާއްޖޭގައި ހޭދަކުރަމުން އެބަ ދެއެވެ.
ނޭހާގެ އިންސްޓަ ގްރާމުގެ އޮފިޝަލް އެކަންޓުގެ ސްޓޯރީ އިން އެނގޭގޮތުގައި އެ ދެ ތަރިން ރާއްޖެ އަައިސްފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމެވެ.
ނޭހާ އާއި އަންގަދު ޗުއްޓި ހޭދަ ކުރަމުން ދަނީ ށ. އަތޮޅު ސިއްރު ފެންފުށި ރިސޯޓް ގައެވެ.
އުމުރުން 37 އަހަރުގެ ނޭހާ އާއި 35 އަހަރުގެ އަންގަދު ކައިވެނި ކޮށްފައިވަނީ މިދިޔަ މެއި މަހުގެ ދިހައެއްގައެވެ. ނޭހާ އިނީ އަންގަދުގެ ދަރިޔަކަށް ބަލިވެ އިން ކަމަށް ހަބަރުތައް ލިބެމުންދާއިރު އެދެމަފިރިން އެކަންށް ޔަގީންކޮށްދީފައެއް ނުވެއެވެ.

ނޭހާގެ އިންސްޓާ ސްޓޯރީ....
ނޭހާ އެންމެ ފަހުން ފެނިގެންދިޔައީ މި އަހަރު ރިލީޒްކުރި ނެޓްފްލިކްސް އެންތޮލޮޖީ ސީރީޒް “ލަސްޓް ސްޓޯރީޒް” އިންނެވެ. އަދި އަންގަދު އެންމެފަހުން ފެނިގެންދިޔައީ މިދިޔަ ޖުލައި މަހު 13 ގައި ރިލީޒްކުރި ފިލްމު “ސޫރްމާ” އިންނެވެ.
އަންނަ ސެޕްޓެމްބަރ މަހުގެ ހަތް ވަނަ ދުވަހު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ކާޖޮލްގެ "ހެލިކޮޕްޓަރ އީލާ" އިންވެސް ނޭހާ ފެނިދާނެ ކަމުގެ އަޑެއް މިވަނީ އަރާފައެވެ.